A wide advertisement which will be shown on all devices. (700 x 100)

އޭދަފުށި ދާއިރާގެ ކުޅިވަރުގެ ހާލަތާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަޙުމަދު ސަލީމްއާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ބައްދަލުކުރައްވައިފިއެވެ.

ކުޅިވަރު ވުޒާރާގައި އޮތް މި ބައްދަލުވުމުގައި އޭދަފުށި ދާއިރާގެ މެންބަރު ވަނީ އެ ދާއިރާގެ ރަށްތަކުގައި ކުރިއަށްދާ ކުޅިވަރު މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި މެންބަރު އަޙްމަދު ސަލީމް ވަނީ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އަދި އެ ރަށްތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ވަޒީރު ރާފިޢު ވަނީ އޭދަފުށި ދާއިރާގެ ކުޅިވަރުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވިދާނެކަންކަމާއި، އެ ދާއިރާއަށް ބޭނުންވާ ކުޅިވަރުގެ އިތުރު ވަސީލަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެ ދާއިރާގެ ދެ ރަށުގައި މިވަގުތު ކުރިއަށްދާ މަސައްކަތްތައް ނުހުއްޓި ކުރިއަށްގެންދިޔުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !