A wide advertisement which will be shown on all devices. (700 x 100)

ވޯލްޑް ކަޕް ކޮލިފައިން: ދިވެހިރާއްޖެ ގަތަރު މެޗު – 0-1

ގަތަރު - ދިވެހިރާއްޖެ ބައްދަލުކުރި ފުރަތަމަ މެޗް 1-0.

ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާއި ޤަތަރު ބައްދަލުކުރި ފުރަތަމަ މެޗު ނިމުނީ 0-1ން ޤަތަރު ޓީމު މޮޅުވެގެން ނެވެ. ރޭ ގަލޮޅު ގަނޑުގައި ދިވެހި ސަޕޯޓަރުން ކުރިމަތީ ކުޅެވުނު ރާއްޖޭގެ ފުރަތަމަ ކޮލިފައިން މެޗަށް ބަލާއިރު ޤަތަރުގެ މައްޗަށް ކުރި ނުހޯދުނު ކަމުގައި ވިޔަސް މުޅި މެޗުގައި އެކަށީގެންވާ ދިފާޢީ ކުޅުމެއް ދައްކާފައި ވެއެވެ. ޚާއްސަކޮށް ރާއްޖޭގެ ކީޕަރު އިމްރާމު މުޙައްމަދު ގެ ކުޅުން ފާހަގަކޮށްލެވެއެވެ.
ގިނަ ބަޔެއްގެ އުއްމީދަކަށްވި ކެޕްޓަން އަލީ އަޝަފާގަށް އެދެވޭ ކުޅުމެއް މިމެޗުގައި ދެއްކިފައެއް ނުވެއެވެ. އެހެންނަމަވެސް ރާއްޖޭގެ ކޯޗް އުއްމީދީ ޒުވާން ފޯވަޑަކަށް ފުރުސަތު ދޭން މިމެޗުގައި ވިސްނާފައި ނެތްކަން އެނގުނީ މުޅި މެޗުގައި އަޝްފާގު ބަދަލު ނުކޮށް ކުޅުވުމުންނެވެ.
މައިގަނޑު ގޮތެއްގައި ރާއްޖޭގެ ޓީމު ކުޅުނީ ޑިފެންސިވްކޮށް، ކައުންޓަރ އެޓޭކްގައި ސްކޯ ކުރުމަށް ވިސްނައިގެންނެވެ. ފޯވަޑު ލައިނުގައި މަޑުކުރީ އަޝްފާގު އެކަންޏެވެ. އެހެން އެންމެން ޑިފެންސް ކުރުމުގައި ބައިވެރިވި ހިނދު، ޓީމުގެ ފަހަތުން ކުރިޔަށް ސާފުކޮށްލާ ބޯޅަ ތަކަށް އަޝްފާގު ދުވާތަން އެއްގޮތަކަށްވެސް ނުފެނެއޭ ވެސް ދެންނެވިދާނެއެވެ.
މުޅި ޓީމާއި އަޝްފާގުގެ ގުޅުން ކުޑަކަން ފާހަގަ ކުރެވުނީ، މެދުތެރެއިންނާއި ފަހަތުން ކުރިން އަރި މައްޗަށް ކުޅޭ ބޯޅަތަކަށް އަޝްފާގު ނުދުވުމާއި އަޝްފާގުގެ ފަޔަށް ކުޅެލި މަދު ބޯޅަތަކުގައި އަޝްފާގު ޕޮޒިޝަން ބަދަލުކުރުމަށް ދުއްވައިގަންނަ ތަން ފެނުމުންނެވެ. ޓީމެއްގެ ގޮތުގައި ފޯވަޑް ލައިން ކުޅުނުތަން ނުފެންނަ އަނެއް ސަބަބަކީ އަޝްފާގު ކުޅުނު ބޯޅަތަކުގައި، ދުވެފައި އަރާ ޓީމުގެ އަނެއް ކުޅުންތެރިޔާއަށް ޕާސް ދީފައި ވަނީ ވަރަށް މަދު ފަހަރަކު ކަމަށް ވުމުންނެވެ. އަޝްފާގަށް ކުޅެން ލިބުނު ބޯޅަތަކުގައި އިދިކޮޅު ދިފާއަށް ބާރުބޮޑުކޮށް ލެވިފައެއް ނުވެއެވެ. އަދި މުޅިމެޗްގައި އަޝްފާގު ގެ މަސައްކަތުގެ ރޭޓް ދަށްކަން ފާހަނގަ ކުރެވުނެވެ.

މުޅި މެޗުގައި ވެސް ރާއްޖޭގެ ޓީމުން އިދިކޮޅު ގޯލަށް ފޮނުވާލެވުނީ މަދު ހަމަލާއެކެވެ. ނަމަވެސް ޤަތަރު ޓީމުން ގިނަ ހަމަލާތަކެއް ރާއްޖޭގެ ގޯލަށް ފޮނުވާލިއެވެ. އެއިގެތެރެއިން ގިނަ ހަމަލާތައް ގޯލާ އަމާޒު ނުވީ ޑިފެންޑަރުން ގެ ކުޅަދާނަކަމުންނެވެ. އަމާޒުވި ހުރިހާ ހަމަލާއެއް ހެން ގޯލްކީޕަރު އިމްރާނު ދިފާއުކުރީ ދިވެހިން އުފާވާ ފަދަ މޮޅުކުޅުމެއް ދައްކަމުންނެވެ.

މެޗުގެ ޖަޕާނު ރެފުރީއާއި މެދު ޝަކުވާތަކެއް ހުއްޓެވެ. ޚާއްސަކޮށް ފަހު ހާފުގައި އިތުރު ވަގުތަށް 8 މިނިޓް ދެއްކުމުން ގިނަބަޔަކަށް އެހާ ވަގުތު ގެއްލިގެން ދިޔަކަމަށް ނުބެލެވުމުންނެވެ. އަދި އެ 8 މިނިޓް ތެރޭގައި ރާއްޖޭގެ އައްސަދު އަލީއަށް ބޯޅަ ނެތި ގަތަރު ކުޅުންތެރިއަކު ހަމަލާދިނުމުން ކުޅުން މެދުކެޑިގެން ދިޔަ ވަގުތަށް ރެފުރީ 2 މިނިޓް ވަރު އިތުރު ކުރުމުންނެވެ. ގަތަރު ޓީމަށް ލަނޑު ކާމިޔާބު ކުރެވުނީ އެގޮތުން އިތުރުކުރެވުނު ފަހު މިނިޓްގެ ތެރޭގައެވެ.

ރާއްޖޭގެ ޓީމުން ޑްރޯއަކުން ވެސް ހިތްހަމަޖެހުން ހޯދުމަށް ބޭނުން ވެފައި ތިބީ ރާއްޖޭގެ ފުޓުބޯޅައާއި ގަތަރުގެ ފުޓުބޯޅައިގެ ތަފާތުކަން އެނގޭތީއެވެ. އެގޮތުން ގަޑީގެ މައްސަލަތައް ކޮމެންޓޭޓަރުންނާއި ސަޕޯޓަރުން ޖެއްސި އިރު ޤަތަރު ޓީމުން ބުނެފައިވަނީ ރާއްޖޭގެ ޓީމުން މެޗުގެ ވަގުތު ބޭކާރުކުރީ ކަމަށެވެ. އަދި އެމީހުންނަށް މޮޅެއް ހަމަ ހައްގު ކަމަށެވެ.
ބަލިވުމުން ރެފުރީ ގޯސްވާ ޙާލަތަކީ ވަރަށް ގިނަ ފަހަރު ކުރިމަތިލާން ޖެހޭ ޙާލަތެކެވެ. މިފަހަރު ވެސް މިވީ އެހެން ހެއްޔެވެ؟ ނޫނީ މޮޅަށް ނުކުޅެވުމުން ހަމަ ބަލިވީ ހެއްޔެވެ؟ ފަހު ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، މެޗުބަލަން އިނދެ ހިތާހިތާ ސުވާލު ކުރެވެމުން ދިޔައީ ކީޕަރު އިމްރާނަށް އެއޮތް ހުރިހާ ހަމަލަތަކެއް ދިފާޢު ކުރެވޭނީ ވެސް ވަކި ވަރަކަށް ނޫންބާވައެވެ؟

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !