ނިމުނު ޔޫރަޕުގެ ފުޓުބޯޅަ ސީޒަން (2014-2015)ގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއަކު ހޮވުމަށް ޔޫއެފާއިން މިހާރު ވަނީ 10 ކުޅުންތެރިންގެ ނޮމިނޭޝަން ލިސްޓެއް އިއުލާން ކޮށްފައެވެ.
މިފަހަރުގެ ލިސްޓުގައި އިޓަލީގެ ޔުވެންޓަރސްގެ ބާރު ގަދަކަން ހާމަވީ އެޓީމުގެ 5 ކުޅުންތެރިޔަކު ލިސްޓުގައި ހިމެނޭތީ އެވެ. ބާސެލޯނާގެ 3 ސްޓްރައިކަރުންނާއި، ރިއާލްގެ ރޮނަލޑޯ އަދި ޗެލްސީގެ ހެޒާޑްގެ ޖާގައިން މިފަހަރު ގަދަ 10 ނިމެއެވެ. މިފަހަރުގެ ލިސްޓްގައި ހިމެނެނީ:
– ޖިއަން ލުއިޖި ބުފަން (ގޯލްކީޕަރު) ޔުވެންޓަރސް /އިޓަލީ
– އަންދުރޭ ޕިރްލޯ (މިޑްފިލްޑަރ) ޔުވެންޓަރސް /އިޓަލީ
– ޕޯލް ޕޮގްބާ (މިޑްފިލްޑަރ) ޔުވެންޓަރސް /ފްރާންސް
– ކާލޯސް ތެވޭޒް (ފޯވަޑް) ޔުވެންޓަރސް /އާޖެންޓީނާ
– އަތުރޯ ވިދާލް (ފޯވަޑް) ޔުވެންޓަރސް /ޗިލީ
– ލިއޮނެލް މެސީ (އެޓޭކިން މިޑްފިްލޑަރ) ބާސެލޯނާ /އާޖެންޓީނާ
– ލުއިސް ސުއަރޭޒް (ފޯވަރޑް) ބާސެލޯނާ /އުރުގުއޭ
– ނޭމަރ ޖޫނިއަރ (ފޯވަރޑް) ބާސެލޯނާ /ބްރެޒިލް
– ކްރިސްޓިއާނާ ރޮނަލްޑޯ (ފޯވަޑް) ރިއަލް މެޑްރިޑް /ޕޯޗުގަލް
– އެޑިން ހެޒާޑް (ފޯވަރޑް) ޗެލްސީ /ބެލްޖިއަމް
ލިސްޓުގެ 11 އަދި 12 ވަނާގައި ކަޓައިގެން ދިޔައީ ޖެރުމަނުގެ ބެޔާން މިޔުނިކަށް ކުޅޭ ނެދަރލޭންޑުގެ އަރުޔުން ރުބެން އަދި ޖަރުމަނުގެ ގޯލްކީޕަރ މެނުއަލް ނޯޔާ އެވެ.
އަންނަ އޮގަސްޓު މަހު 28 ގައި މޮނާކޯގައި އިއުލާން ކުރެވޭ އެންމެ މޮޅު ކުޅުންތެރިޔަކު ހޮވަނީ 3 ބުރެއްގެ މަތިންނެވެ.
ފުރަތަމަ ބުރުގައި ޔޫރަފުގެ 54 ގައުމެއްގެ ކުޅިވަރު ނޫސްވެރިން 1- 5 ވޯޓު ދީގެން ނޮމިނޭޓް ކުރާ 5 ކުޅުންތެރިންގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ލިބޭ ގަދަ 10 ކުޅުންތެރިން ހޮވަނީއެވެ. އެ10 ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު 3 ކުޅުންތެރިއަކު ހޮވަން ނޫސްވެރިން ދެވަނަ ވޯޓެއް ވެސް އޮގަސްޓް 12 ގެ ކުރިން ދޭނެއެވެ. އެންމެ ފަހު ބުރުގައި އެންމެ މޮޅު ކުޅުންތެރިޔާ ހޮވަނީ ޖޫރީން/ފަނޑިޔާރުންގެ ޕެނެލަކުންނެވެ.
ޔޫރަޕުގެ އެންމެ ފަހުގެ މޮޅުކުޅުންތެރިންނަކީ ކްރިސްޓިއާނާ ރޮނަލްޑޮ 2014، ފްރޭންކް ރިބެރީ 2013، އަންދްރޭ އިނިއެސްޓާ 2012، ލިއޮނެލް މެސީ 2011 އެވެ.
ޚިޔާލުތައް