މިރޭގެ ފެވަރިޓު މެޗުގެ ގޮތުގައި ބެލެވުނު ރޯމާ އަދި މުބާރާތުގެ ޗެމްޕިއަނުން ކަމަށްވާ ބާސާ ގެ މެޗު ނިމުނީ ހީކުރި ގޮތާއި ޚިލާފަށް 1- 1 ން އެއްވަރު ވެގެންނެވެ. ރޭގެ މެޗްގައި ރޯމާއިން ވަނީ ރަނގަޅަށް ބާސާ ހިފަހައްޓާލާފައެވެ. ނަމަވެސް ބާސާއިން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް ރޯމާގެ ގޯލަށް ފޮނުވާލާފައެވެ. ބާސާގެ ގޯލު ފުރަތަމަ ހާފުގައި ކާމިޔާބުކޮށް ދިނީ ލުއިސް ސުއަރޭޒު ބޮލުން ގޯލަށް ވައްދާލައިގެންނެވެ. ރޯމާގެ ގޯލަކީ އެމީހުންގެ ހާފުގެ ތެރެއިން އެޓީމުގެ ފްލޮރެންޒި ޖ.24، ބޯޅަ ހިފައިގެން ބާސާގެ ހާފުގެ ތެރެއަށް ވަދެ، ބާސާގެ ކީޕަރު ކުރިއަށް ޖެހި ޕެނަލްޓީ އޭރިޔާގެ ރޮނގު ކައިރީގައި ހުއްޓާ މަތިމަތިން ފޮނުބާލި ބޯޅަ ގޮސް ގޯލުގެ އަރިމަތީ ދަނޑީގާއި ޖެހިފައި ވަދެގެން ކާމިޔާބު ކުރެވުނު ލަނޑެކެވެ. ރޯމާގެ ސަޕޯޓަރުންގެ ކުރިމަތީގައި ބާސާގެ ގިނަ ހަމަލާތައް ދިޔައީ ބޭކާރުވެގެންނެވެ.
މިރޭ ކުޅެވޭ މެޗުތަކަކީ:
ބެޔާން ލެވަކޫސަން 4 – 1 ބޭޓް (ގްރޫޕް އީ) ލެވަކޫސަންގެ ދަނޑުގައި
ބާސެލޯނާ 1 – 1 ރޯމާ ( ގްރޫޕް އީ) އިޓަލީގެ ރޯމާގެ ދަނޑުގައި
ޑައިނަމޯ ޒަގްރެބް 2 – 1 އާސެނަލް ( ގްރޫޕް އެފް) ކްރޮއޯޝިއާގެ ޒަގްރެބްގެ ދަނޑުގައި
އޮލިމްޕިއަކޯސް 0 – 3 ބެޔާން މިޔުނިކް ( ގްރޫޕް އެފް) އޮލިމްޕިއާކޮސްގެ ދަނޑުގައި
ޑައިނަމޯ ކިއެވް 2 – 2 އެފްސީ ފޯރޓޯ ( ގްރޫޕް ޖީ) ޔުކުރޭންގެ ޑިނަމޯ ކިއެވްގެ ދަނޑުގައި
ޗެލްސީ 4 – 0 އެމް.ޓެލްއަވީވް ( ގްރޫޕް ޖީ) ޗެލްސީގެ ދަނޑުގައި
ވެލެންސިއާ 2 – 3 ޒެނިތް ( ގްރޫޕް އެޗް) ސްޕެއިނުގެ ވެލެންސިއާގެ ދަނޑުގައި
ޖެންޓް 1 – 1 ލިއޮން ( ގްރޫޕް އެޗް) ބެލްޖިއަމްގެ ޖެންޓްގެ ދަނޑުގައި
މިރެއަށްފަހު ދެން ޔޫއެފާ ޗެމްޕިއަންސް ލީގުގެ މޗުތައް ފެށޭނީ ސެޕްޓެމްބަރު 29 ގައެވެ.
ޚިޔާލުތައް