މިހާރު ކުރިޔަށްދާ ސްކޫލް ކުދިންގެ 13 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު މެޗު އެމްޖޭއެމް އިން ކާމިޔާބުކޮށް ފިއެވެ. މިއަދުގެ މެޗުގައި ހޭޒު (ޙާފިޒް އަޙުމަދު ސްކޫލް) މައްޗަށް ގެ މައްޗަށް އެމްޖޭއެމް އިން ކުރި ހޯދީ 1-0 ން ނެވެ.
މިއަދު ހަވީރު ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު މިމެޗްގެ މޮޅު ކުޅުންތެރިޔަކީ އެމްޖޭއެމް ޓީމުގެ މުޙައްމަދު ޔަތޫފު ޤާސިމް (ޖ.10) އެވެ.
އެމްޖޭއެމް ކލުޅުނު ދެމެޗުން ވެސް މޮޅުވެފައިވަނީ 1-0 ންނެވެ. އެޓީމަށް 6 ޕޮއިންޓައި ފައިދާ ދެގޯލް ލިބިފަިވެއެވެ. މިނަތީޖާއާއެކު އެމްޖޭއެމް ޓީމަށް ވަނީ ފައިނަލުގެ އެއްޖާގަ ކަށަވަރުކުރެވުނީއެވެ.
އެމޛޭއެމް ޓީމަށް ދެން ކުރިޔަށް އޮތީ އޭއީސީގެ މެޗެވެ. އޭއީސީވެސް ވަނީ ކުޅުނު ދެމެޗުން މޮޅުވެ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ.
މިމުބާރާތުގައި މާދަމާ ބައްދަލުކުރާނީ ހާފިޒް އަހްމަދު ސުކޫލާއި ފުވައްމުލަކު ސްކޫލްގެ ޓީމެވެ. މިދެޓީމު ވެސް ފަހުމެޗަށް ނިކުންނަ އިރު ވަނީ މުބާރާތުން ކަޓާފައެވެ.
މިމުބާރާތުގެ ފައިނަލް ކުޅެވޭނީ 14 މާރޗް ވާ ހޯމަ ދުވަހުއެވެ.
ޚިޔާލުތައް