A wide advertisement which will be shown on all devices. (700 x 100)

ގުރޫޕްގެ ދެވަނަ މަގާމާއި އެކު ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ ސެމީއަށް

ދަޑިމަގާއި މާލެގަން ބައްދަލުކުރި މެޗް. ފޮޓޯ ހައްނާދު

އެފްއޭއެމް އަތޮޅު މުބާރާތުގެ ޒޯން 8ގައި ހިމެނޭ ފުވައްމުލަކު އަތޮޅު މުބާރާތުގައި އިއްޔެ ކުޅުނު މެޗް ކާމިޔާބުކޮށް ގުރޫޕް އޭގެ ދެވަނަ ޓީމްގެ ގޮތުގައި ދަނޑިމަގު ޒުވާނުންގެ ޖަމްމިއްޔާ ސެމީއިން ޖާގަ ހޯދައިފިއެވެ.
އިއްޔެ ފުވައްމުލަކު ސްޓޭޑިއަމްގައި މާލެގަން ޔޫތު ފައުންޑޭޝަން އާއި ބައްދަލުކޮށް ފަސޭހަކަމާއިއެކު ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާ މެޗް ކާމިޔާބުކުރީ 6-1 އިންނެވެ. މެޗް ފުރަތަމަ ހާފްގައި ދަނޑިމަގު ޓީމުން ފަސް ލަނޑު ޖެހިއެވެ. އަދި ދެވަނަ ހާފްގައި މާލެގަން ޓީމުން ލަނޑެއް ކާމިޔާބުކޮށް ކުޅުން ވަރުގަދަ ކުރިއެވެ. ނަމަވެސް ކުރިން ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަތް މިހާފްގައި ދަޑިމަގު ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ.
މިނަތީޖާއާއި އެކު ގުރޫޕް އޭގައި ހިމެނޭ ޓީމްތަކުގެ ތެރެއިން ސެމީ ފައިނަލަށް ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ހޮވުނީ ދޫނޑިގަން އަވަށު ފުވައްމުލަކު ސްޕޯޓްސް ކުލަބެވެ. އެއީ ހަތް ޕޮއިންޓާއި ފައިދާ 12 ގޯލާއި އެކުއެވެ. އެޓީމް ކުޅުނު ތިންމެޗްގެ ތެރެއިން ދެ މެޗް ކާމިޔާބުކޮށް އެއްމެޗް އެއްވަރުކޮށްގެންނެވެ. ދޫނޑިގަމަށް ގުރޫޕްގެ އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާއަށް ދެވަނަ ލިބުނީވެސް ހަތް ޕޮއިންޓާއި ފައިދާ 11 ގޯލާއި އެކުއެވެ. އެޓީމް ކުޅުނު ތިންމެޗްގެ ތެރެއިން ދެ މެޗް ކާމިޔާބުކޮށް އެއްމެޗް އެއްވަރުކޮށްގެންނެވެ. މިގުރޫޕްގެ ތިންވަނަ ޓީމަކީ ތޫނޑު ޖަމްމިއްޔާއެވެ. ހަތަރުވަނަ ޓީމަކީ މާލެގަން ޔޫތު ފައުންޑޭޝަންއެވެ.
މިއަދު ބައްދަލުކުރާނީ ގުރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗްގެ ގޮތުގައި ގުރޫޕް ބީގެ ހޯދަޑު އަވަށުގެ ޔޫތު ރިލޭޝަން އާއި ދިގުވާނޑު އައިލެންޑް ޖޫނިއާސްއެވެ. މިއަދުގެ މެޗްގެ ނަތީޖާ އިން މިގުރޫޕްއިން ސެމީއަށްހޮވޭ ޓީމްތައް ކަށަވަރުވާނެއެވެ. މިގުރޫޕްގެ މެޗްތަކުގެ ތެރެއިން ޕޮއިންޓް ޓޭބަލްގައި އެއްވަނަގައި އަދި އޮތީ ތިން ޕޮއިންޓާއި އެކު ގޯލުގެ ތަފާތުން ފުނާޑު ޔޫތު އެސޯސިއޭޝަންއެވެ. ދެވަނާގައި ތިން ޕޮއިންޓާއި އެކު އޮތީ ދިގުވާނޑެވެ. ހޯދަޑަށް ޕޮއިންޓެއް ނުލިބެއެވެ. މިއަދުގެ މެޗް ދިގުވާނޑު ކާމިޔާބުކޮށްފިނަމަ މިގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލްގައި އެޓީމް ބައްދަލުކުރަންޖެހޭނީ ދަޑިމަގު ޒުވާނުންގެ ޖަމްމިއްޔާއާއިއެވެ. ހަގޯލުގެ ތަފާތުން ހޯދަޑު މެޗްކާމިޔާބުކޮށްފިނަމަ އެޓީމް ސެމީއަށް ހޮވޭނެއެވެ.
ސެމީ ފައިނަލްގެ މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 18 ވަނަ ދުވަހުއެވެ. މިއީ ގިނަ އަހަރުތަކަކަށްފަހު ބާއްވާ އަތޮޅު މުބާރާތެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !