A wide advertisement which will be shown on all devices. (700 x 100)

ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ދިގުވާނޑަށް

ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ހޯދި ދިގުވާނޑު ޓީމާއި މުބާރާތުގެ އޮފިޝަލުން. ފޮޓޯ ޝިފާން

ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުން އިންތިޒާމްކޮށްގެން ބޭއްވި “އެފްވީއެމް ފުޓް ސަލް ޗެލެންޖް” މުބާރާތުގެ ޗެމްޕިއަންކަން ދިގުވާނޑު ކޭ ޓައުން ހޯދައިފިއެވެ.

ރޭ ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗް ދިގުވާނޑު ކާމިޔާބުކުރީ ދޫނޑިގަމް ދޫނޑިގަލޯނާ ވާދަކޮށް 6-5 އިން ނެވެ. ރޭގެ މެޗްގައި ފުރަތަމަ ދެ ގޯލް ކާމިޔާބުކުރީ ފުރަތަމަ ހާފްގައި ދިގުވާނޑު އިންނެވެ. ނަމަވެސް ފުލުފުލުގައި ދޫނޑިގަން ޓީމުން ހަތަރު ގޯލް ޖަހައި މެޗްގެ ލީޑް ފުޅާކުރިއެވެ. ދެވަނަ ހާފްގައި ދިގުވާނޑު އިން އިތުރު ހަތަރު ގޯލްޖަހައިގެން ޗެމްޕިއަންކަން ކަށަވަރު ކުރިއެވެ.

ރޭގެ މެޗްގެ މޮޅު ކުޅުންތެރިޔަކީ ދިގުވާނޑު ޓީމްގެ ޖ.10 ރާއިދު (ރާޑޯ) އެވެ.

މިއީ ފުވައްމުލަކު މިސްކިތްމަގު ޒުވާނުންތަކެއް އިސްނަގައިގެން މިސްކިތްމަގު އެންމެންގެ ގުޅުމުން ބޭއްވި މުބާރާތެކެވެ. މިމުބާރާތުގައި 8 ޓީމް ވާދަކޮށްފައިވެއެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !