A wide advertisement which will be shown on all devices. (700 x 100)

ކޮޕާ އެމެރިކާ 2016 މުބާރާތުގެ ސެމީފައިނަލުން އެމެރިކާ ޖާގަ ހޯދައިފި

މިމުބާރާތުގައި އެމެރިކާ ޓީމުގެ ކާމިޔާބީތައް ގުޅިފައި ވަނީ ފޯވަޑް ކްލިން ޑެމްސީ (ޖ.8) އާއެވެ. އޭނާ ވަނީ މުބާރާތުގައި 3 ގޯލު ޖަހާފައި.

މިއަދު ހެނދުނު ކުޅެވުނު ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ކުއާރޓަރ ފައިނަލް މެޗުން މޮޅުވެގެން އެމެރިކާ ވަނީ މިމުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ވޮޝިންޓަނުގެ ކަންޓްރީލިންކް ފީލްޑްގައި 50000 މީހުން ކުރިމަތިގައި ކުޅެވުނު މެޗު އެޓީމުން ކާމިޔާބު ކުރީ 2-1 ން އިކުއެޑޯ ބަލިކޮށްގެންނެވެ. އެމެރިކާ އަށް ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ މާދަމާ އާޖެންޓީނާ އާއި ވެނެޒުއެލާ ބައްދަލުކޮށް މޮޅުވާ ޓީަކާއެވެ.

މިއަދުގެ މެޗުން އެމެރިކާ ޓީމަށް ފުރަތަމަ ލީޑު ނަގައިދިނީ އެޓީމުގެ އެންމެ އިތުބާރު ފޯވަޑް ކްލިންޓް ޑެމްސީ (ޖ8) ފުރަތަމަ ހާފުގައެވެ. މިއީ ޑެމްސީ ގައުމީ ޓީމަށް ޖަހަިއދިން 52 ވަނަ ގޯލެވެ. މިއީ އެމެރިކާގެ ގައުމީޓިމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް އޮންނަ ކުރީގެ ކެޕްޓަން ލެންޑެން ޑޮނޮވަން އަށް ވުރެ 5 ގޯލު މަދު އަދަދެކެވެ. މެޗުގެ ނަތީޖާ 2 -0ށް ބަދަލުކޮށްލީ ކުޑަ އޭރިއާ ތެރެއިން ޑެމްސީގެ ގޯލު ކުރިމައްޗަށް ފުރޮޅާލަދިން ބޯޅައަކަން ދެވަނަ ހާފުގައި ގިއާސީ ޒާދިސް (ޖ.9) އެވެ. މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓަށް ވާދަކުރާނީ 3 ގޯލު ޖަހައިގެން ޑެމްސީ އާއި މެސީ އަދި ކަޓާފައިވާ ބްރެޒިލްގެ ފިލިޕޭ ކޮންޓިނިއޯއެވެ.

މެމެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އިކުއެޑޯގެ އެންޓޯނިއޯ ވެލެންސިއާ އަދި އެމެރިކާގެ ޖާމެއިން ޖޯންސަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. ސެމީފައިނަލް މެޗަށް އެމެރިކާ 3 ކުޅުންތެރިއަކު ވަނީ ސަސްޕެންޑް ވެފައެވެ. އެއީ ދެރީނދޫ ކާޑު ހަމަވުމުން ދެކުޅުންތެރިންނާއި ރަތްކާޑުގެ ސަބަބުންނެވެ. 
އިކުއެޑޯގެ ގޯލު ކާމިޔާބުކޮށް ދިނީ މައިކަލް އަރޯޔޯއެވެ. މެޗުގެ އިތުރު ވަގުތުގައި އެމެރިކާ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ގޯލެ ނުވަދެ ސަލާމަތްވީ ހަމަ ކިރިޔާއެވެ.

މުޅި މެޗުގައި ގިނަ ވަގުތު ކޮންޓްރޯލް ދަށުގައި ބޯޅަ ގެންގުޅެ ކުޅުނީ އިކުއެޑޯ ޓީމުންނެވެ. އަދި އިދިކޮޅު ގޯލަށް ގިނަ ހަމަލާދިފައި ވަނީ ވެސް އިކުއެޑޯއިންނެވެ. އެމީހުން އެމެރިކާގެ ގޯލަށް 13 ހަމަލާ ދިންއިރު އިކުއެޑޯ ގޯލަށް ދެވިފައި ވަނީ 9 ހަމަލާއެވެ.

މީގެ ކުރިން އެމެރިކާ މިމުބާރާތުގައި ކުޅެފައިވަނީ 1995 ގައި އެކަންޏެވެ.
އެފަހަރު އެޓީމު ވަނީ މެކްސިކޯ ބަލިކޮށް ސެމީފައިނަލް ކުޅެފައެވެ. ނަމަވެސް
ސެމީ ފައިނަލުގައި ބްރެޒިލް އަތުން ބަލިވެ ލިބިފައި ވަނީ މުބާރަތުގެ 4
ވަނައެވެ. އެއިގެ ފަހުން ކޮޕާ އެމެރިކާ މުބާރާތުގެ ދައުވަތު އެމެރިކާއިން
ގަބޫލު ނުކުރަނީ އެމެރިކާގެ މޭޖަރ ލީގާއި ފުށުއަރާތީއެވެ.

އެމެރިކާ ޓީމަށް އެސަރަހައްދުން ބޭރުގެ ގައުމީ ޓީމެއް މިހާތަނަށް
ބަލިކުރެވިފައި ވަނީ 2009 ގައި ކޮންފެޑެރޭޝަން ކަޕުގެ ސެމީ ފައިނަލުގައި
ސްޕޭން އެވެ.

ކުއާރޓަރ ފައިނަލުގައި މާދަމާ ބައްދަލުކުރާނީ ނޮކްއައުޓު ބުރުތަކުގެ އަނެއްފަޅިން ޕެރޫ އާއި ކޮލަމްބިއާއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !