ފްރާންސްގައި މިހާރު ކުރިޔަށްދާ ޔޫރޯ 2016 ފުޓުބޯޅާ މުބާރާތުގައި މިރޭ ކުޅެވުނު މެޗުތަކުގައި އިޓަލީއާއި ސްޕެނުން ގަދަ 16 ގެ ޖާގަ ޔަގީން ކުރި ބައިކޮޅަށް ގޯލެއް ވަނަ ނުދީ ކްލީން ޝީޓާއެކުއެވެ. ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކްގެ މެޗު ނިމުނީ 2-2 ން އެއްވަރުވެގެންވެ.
އިޓަލީ 1- 0 ސްވިޑުން
ދިފާއީ ކުޅުމެއް ފެނިގެން ދިޔަ މިރޭގެ ފުރަތަމަ މެޗުގައި ގްރޫޕް އީގެ އިޓަލީން ވަނީ ސްވިޑުންގެ މައްޗަށް މެޗުގެ ފަހު ވަގުތު ކޮޅުގައި ކުރި ހޯދާފައެވެ. އިޓަލީން ގޯލު ޖެހީ މެޗުގެ 88 ވަނަ މިނިޓުގައި އެޑަރ (ޖ.17) އެވެ. މެޗުގައި ދެޓީމުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަނަމަ ވެސް އިޓަލީން އިދިކޮޅު ގޯލަށް ދިން ހަމަލާތައް ގިނަ އެވެ. އެމީހުން 8 ހަމަލާ ދިން އިރު އިޓަލީގެ ގޯލަށް ދެވެފައި ވަނީ 4 ހަމަލާއެވެ.
ސްވިޑްންގެ ފޯވަރޑް އިބްރަހަމަވިޗް މާކު ކުރުމަށް އިޓާލީގެ ޔުއެންޓާސް އަށް ނިސްބަތްވާ ޑިފެންސް ލައިނުން ކިއެލިނީ، ބޮނޫޗީ އަދި ބާޒަލީ އަބަދުވެސް އޭނާގެ ފަހަތުގައި ޖައްސާފައި ތިބިތަން ފެނުނެވެ. ނަމަވެސް ފުރަތަމަ ހާފުގައި ސްވިޑްން އިން އެންމެ ފާހަގަ ވެގެން ދިޔައީ އިބްރަހަމަވިޗްގެ ކުޅުމެވެ.
މި މޮޅާއެކު އިޓަލީން ވަނީ 6 ޕޮއިންޓް ހޯދައި ފައިދާ 3 ގޯލާއެކު ގަދަ 16ގެ ޖާގަ ޔަގީން ކޮށްފައެވެ. ގުރޫޕުގެ ފަހު މެޗުގައި އިޓަލީން ބައްދަލު ކުރާނީ އުތުރު އަޔަރލޭންޑާއެވެ. ސްވިޑްން އިން ބައްދަލުކުރާނީ ބެލްޖިއަމް އާއިއެވެ.
ޗެކް ރިޕަބްލިކް ކްރޮއޭޝިއާ
ވާދަވެރި ދެޓީމު ކަމުގައިވާ ކްރޮއޭޝިއާ އާއި ޗެޕްރިޕަބްލިކް ފުރަތަމަ ފަހަރަށް ވާދަވެރި މެޗެއް ގައި ކުޅެ ފަސޭހަކަމާއެކު ކްރޮއޭޝިއާއިން މެޗުން މޮޅުވާނެ ކަމަށް ބެލެވުނު ނަމަވެސް މެޗު ނިމުނި 2-2 ން އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ގޯލު ކްރޮއޭޝިއާގެ އިވާން ޕެރިސިޗް (ޖ.4) ފުރަތަމަ ހާފުގައި ކާމިޔާބުކޮށް ދިނެވެ. އަދި ދެވަނަ ހާފު ފެށިގެން އިވާން ރަޓިކިޗް (ޖ.7) ގޯލެއް ޖަހައި 2-0 ން ކުރިހޯދައި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔައެވެ.
ނަމަވެސް ދެވަނަ ހާފުގައި ޗެކް ރިޕަބްލިކުގެ ބަދަލު ކުޅުންތެރިޔާ މިލަން ސްކޯޑާ (ޖ.12) ގޯލެއް ޖަހައި ތަފާތު ކުޑަކޮށް ދިނެވެ. އެއާއިއެކު ޗެކްރިޕަބްލިކުގެ ކުޅުން ރަނގަޅުވެގެން ދިޔައެވެ. ފަހުހާފު ނިމެން ކައިރިވެފައި ހުއްޓާ ކްރޮއޭޝިއާ ކުޅުންތެރިއަކު އޭރިއާ ތެރެއިން ބޯޅާގައި އަތްލުމުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުން ޕޮއިންޓެއް ހޯދައިދިނީ ތޯމާސް ނީސިޑް (ޖ.7 )އެވެ.
މިމެޗްގެ ފަހު ބައިގައި ކްރޮއޭޝިއާ ސަޕޯޓަރުން ދަނޑަށް ފްލެއަރ އަދި ފަޓާސް އުކުމުގެ ސަބަބުން އިރުކޮޅަކަށް ކުޅުން މެދުކަނޑާލަން ޖެހުނެވެ. މިކަމާއި ގުޅިގެން ޔޫއެފާ އިން ކްރޮއޭޝިއާ ޓީމަށް ފިޔަވަޅު އަޅާނެކަމަށް ބެލެވެއެވެ. ގުރޫޕުގެ ފަހު މެޗުގައި ކްރޮއޭޝިއާ ކުޅެނެޖެހޭނީ ސްޕެއިނާއި ދެކޮޅަށެވެ. ކްރޮއޭޝިއާއަށް 4 ޕޮއިންޓް ލިބިފައި ވުމާއެކު ގަދަ 16 އަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޗެކް ރިޕަބްލިކަށް ލިބެނި 1 ޕޮއިންޓެވެ. ފަހުމެޗުގައި ތުރުކީ ބަލިކުރެވިއްޖެ ނަމަ އެޓީމަށް ވެސް ގަދ 16އިން ޖާގަ ލިބުމުގެ ފުރުސަތު ބޮޑެވެ.
ސްޕެއިން 3- 0 ތުރުކީ
އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން ސްޕޭނުން މޮޅުކުޅުމެއް ދައްކައި ފަސޭހަކާމއެކު ތުރުކީގެ މައްޗަށް ކުރި ހޯދީ 3-0 ން ނެވެ.
މެޗުގެ ފުރަތަމަ ގޯލް އަދި 3 ވަނަ ގޯލް ކާމިޔާބުކޮށް ދިނީ އަލްވާރޯ މޮރާޓާ (ޖ.7) އެވެ. އަދި 2 ވަނަ ގޯލު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ނޮލިޓޯ (ޖ.22). މިމޮޅާއެކު ސްޕޭނަށް ވަނީ ގަދަ 16ގިއ ޖާގަ އެއް ޔަގީން ވެފައެވެ.
މިމުބަރާތުގައި މިހާތަނަށް އެންމެ ގިނަ ޕާސް، 21 ޕާހާއެކު ގޯލެއް ކާމިޔާބުކުރި މިރޭ ސްޕެއިން ޓީމުންނެވެ. އެޓީމުގެ ޖެރާޑް ޕީކޭ ނޫން ހުރިހާ ކުޅުންތެރިންގެ ޓަޗާއެކު އިދިކޯލު ކުޅުންތެރިއެއްގެ ފައިގައި ނުޖައްސައި ގެންދިޔަ ބޯޅައަކުން ސްޕެއިން ގެ 3 ވަނަ ގޯލު ކާމިޔާބުކުރި ކަމީ އެޓީމުގެ ވަރުގަދަ ކުޅުން ދައްކުވައިދޭ ފުރިހަމަ ހެއްކެކެވެ.
ސްޕޭނުން ވަނީ %57 އެމީހުންގެ ކޮންޓްރޯލް ދަށުގައި މެޗު ކުޅެފައެވެ. އަދި އިދިކޮޅު ގޯލަށް 18 ހަމަލާ ދިން އިރު 6 ހަމަލާ ގޯލަށް އަމާޒުވެފައު ވެއެވެ. ތުރުކީއަށް 8 ހަމަލާ ފޮނުވާލެވުނު އިރު އެކަތިވެސް ގޯލާ އަމާޒެއް ނުކުރެވުނެވެ.
ޕޮއިންޓް ޓޭބަލް، ގްރޫޕް ޑީ
ސްޕެއިން ކމ.2 ފގ.4+ ޕ 7
ކްރޮއޭޝިއާ ކމ.2 ފގ.1+ ޕ 4
ޗެކް ރިޕަބްލިކް ކމ.2 ފގ.1- ޕ 3
ތުރުކީ ކމ.2 ފގ.4- ޕ 0
މިގުރޫޕުގައި ދެން ކުޅޭނީ
ޗެކް ރިޕަބްލިކަށް
އާއި ތުރުކީ އަދި ސްޕޭނާއި ކްރޮއޭޝިއާ އެވެ.
މާދަމާ ކުޅޭނީ
ބެލްޖިއަމް vs އަޔަރލޭންޑް، އައިސް ލޭންޑް vs ހަންގޭރީ، ޕޯޗުގަލް vs އޮސްޓްރިއާ
ޚިޔާލުތައް