A wide advertisement which will be shown on all devices. (700 x 100)

ޕޮލިސް ކަޕް ހޭންޑްބޯލް މުބާރާތުގެ ގުރުލުން ބާއްވައިފި

ޕޮލިސް ކަޕް ހޭންޑްބޯލް 2019 ގުރުއަތުލުން

“ޕޮލިސް ކަޕް ހޭންޑް ބޯލް 2019″ގެ ނަމުގައި ފުވައްމުލައް ސިޓީގައި ބާއްވާ ހޭންޑް ބޯޅަ މުބާރާތުގެ ގުރުލުން މިއަދު ބާއްވައިފިއެވެ. ފުވައްމުލައް ސިޓީ ޕޮލިސް ސްޓޭޝަނުގައި ކުރިޔަށްގެންދިޔަ މި ސެޝަނުގައި ބައެއްޓީމުތަކުގެ އޮފިޝަލުން ބައިވެރިވެފައި ވެއެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރު މަހު 8 ން 13 ނޮވެމްބަރަށެވެ.

ފުވައްމުލައް ސިޓީގައި މުޅިން އަލަށް ބާއްވާ ހޭންޑްބޯޅަ މުބާރާތުގައި 11 ޓީމަކުން ވާދަކުރެއެވެ. މުބާރާތުގައި ކުޅެން ހަމަޖެހިފައި ވަނީ 3 ގްރޫޕަށް ޓީމުތައް ބަހާލައިގެން ފުރަތަމަ ބުރު ކުޅޭ ގޮތަށެވެ. ފުރަތަމަ ބުރުން ގްރޫޕް އޭ އަދި ބީގެ 1 ވަނަ ޓީމު ދެވަނަ ބުރަށް ނުގޮސް ސެމީ ފައިނަލަށް ދާގޮތަށެވެ. ގްރޫޕް ސީ ގެ 1 ވަނަ ޓީމާއި ގްރޫޕް އޭ ގެ 2 ވަނަ ޓީމު ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ވާދަކުރާއިރު ގްރޫޕް ބީ ގެ 2 ވަނަ ޓީމާއި ގްރޫޕް ސީ ގެ 2 ވަނަ ޓީމު ވާދަކުރާނީ ދެވަނަ ބުރުގެ ދެވަނަ މެޗުގައެވެ. ދެވަނަ ބުރުން މޮޅުވާ ދެޓިީމެއް ސެމީގައި ވާދަކުރާނީ އޭގްރޫޕާއި ބީގްރޫޕްގެ 1 ވަނަ ޓީމާއެވެ.

މިއީ އެހާ އިންސާފުވެރި، ހަމަ ހަމަފުރުސަތު ލިބޭ ގޮތަށް ރޭވިފައިވާ ގުރުއަތެއް ކަމުގައި ބެލޭކަށް ނެތް ކަމަށް ބުނެ މުބާރާތް ރޭވިފައިވާ ގޮތަށް ފާޑުކިޔާފައިވެއެވެ. އެއީ ގްރޫޕް ސްޓޭޖުން، ސީ ގްރޫޕްގެ 1 ވަނަ ޓީމަށް އަނެއް ދެ ގްރޫޕުގެ 1 ވަނަ ޓީމާއި އެއްވަރުގެ ނުވަތަ ހަމަހަމަ ފުރުސަތު ކުރިޔަށް ދިޔުމަށް ނުލިބޭތީ ކަމަށް މިގުރުއަތަށް ފާޑުކީ މީހަކު ހާމަކޮށްފައި ވެއެވެ. ސީ ގްރޫޕުގައި 3 ޓީމު ހިމެނުމަކީ މުބާރާތުގައި ކުރިޔަށް ދިއުމަށް އެގްރޫޕުން 1 ވަނައަށް ދާ ޓީމަކަށް ހަމަހަމަ ފުރުސަތު ގެއްލެން ވީ ސަބަބެއް ނޫންކަމަށް އޭނާ ބުނެއެވެ.

ފުވައްމުލައް ސިޓީގައި މިހާރު ކުރިޔަށް ގެންދާ ހޭންޑްބޯޅަ ޕްރެކްޓިސް. ފޮޓޯ: އަހުމަދު ނަޖާހު

ހޭންޑް ބޯޅައަކީ ދެޖިންސުގެ މީހުންވެސް ކުޅެއުޅޭ ކުޅިވަރެކެވެ. މިމުބާރާތް ހުޅުވާލަފައި ވަނީ ދެޖިންސްގެ ޓީމުތައްކަށް ކަން ނުވަތަ ނޫންކަން މުބާރާތުގެ ގަވާއިދުން އެގޭކަށް ނެތެވެ. ނަމަވެސް މުބާރާތަށް ފަރިތަކުރާ ޓީމުތަކަށް ބަލާއިރު ފެންނަނީ މުޅިންވެސް އަންހެން ޓީމުތަކެވެ.

މިމުބާރާތުގައި ކޮންމެ ދުވަހަކު 5 މެޗު ކުުޅުމަށް ތާވަލް ކުރެވިފައިވެއެވެ. އެގޮތުން ހަވީރު 2 މެޗާއި ރޭގަނޑު 3 މެޗު ކުޅެ ގޮތަށެވެ. ހަވީރު މެޗު ފަށާނީ 3:45 ގައެވެ. އަދި ރޭގަނޑު މެޗު ފަށާނީ 8:00 ގައެވެ. މެޗެއްގައި ކުޅެނީ 20 މިނިޓްގެ ދެ ހާފެވެ.

މުބާރާތުގެ ފުރަމަ މެޗުގައި ބައްދަލުކުރާނީ ފުވައްމުލައް ސިޓީ ކައުންސިލް ރިކްރިއޭޝަން ކްލަބް (އެފްސީސީ) ޓީމާއި ކެންގަރޫ ކިޑްސް ބިލަބޮންގ ހައި (ކޭކޭބީ) ޓީމެވެ.

މުބާރަތުގައި ބައިވެރިވެފައިވާ ޓީމުތައް

ގްރޫޕް އޭ

ފުވައްމުލައް ސިޓީ ކައުންސިލް ރިކްރިއޭޝަން ކްލަބް (އެފްސީސީ)

އެފްސީއެސްސީ

ކްރޯވޭ މޯލްޑިވްސް (ސީއާރުއެމް)

ކެންގަރޫ ކިޑްސް ބިލަބޮންގ ހައި (ކޭކޭބީ)

ގްރޫޕް ބީ

ނެއިބަރހޫޑް ޕޮލިސް (އެންއެޗްޕީ)

ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް (ޒ-ީކޮލެޖު)

ހާފިޒް އަހުމަދު ސްކުލް (ހޭޒް)

ފުވައްމުލަކު އެއަރޕޯރޓް ރިކްރިއޭޝަން (އެފްއޭއާރު)

ގްރޫޕް ސީ

ޏ. އަތޮޅު ތައުލީީމީ މަރުކަޒު (ޏ.އޭއީސީ)

އެފްއެސް ސްޓަނަރސް

މުހައްމަދު ޖަމާލުއްދިން ސްކޫލް (އެމްޖޭއެސް)

 

ޕޮލިސް ކަޕް ހޭންޑްބޯލް 2019 މެޗް ޝެޑިއުލް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !