ރޭ ކުޅެވުނު ޔޫރޯ 2016 ސެމީ ފައިނަލް ފުރަތަމަ މެޗުކާމިޔާބުކޮށްގެން ޕޯޗުގަލް ފައިނަލަށް ދަތުރުކޮށްފިއެވެ. ފާއިތުވި 3 ޔޫރޯ މުބާރާތުގެ ވެށް ސެމީ ފައިނަލުހގައި ކުޅުނު ޕޯޗުގަލް ޓީމުން ރޭގައި ވާދަކޮށް މޮޅުވީ ވޭލްސްގެ މައްޗަށް 2-0 ން ކުރިހޯދައިގެންނެވެ. ވޭލްސް ޔޫރޯ މުބާރާތެއްގެ ސެމީ ފައިނަލާއި ހަމަޔަށް ދަތުރުކުރި މީއި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގަިއ މޮޅަށްކުޅެ ޕޯޗުގަލް އިން ދިޔައީ ގިނަ ހަމަލާތަކެއް ދެމުންނެވެ. ކްރިސް ކޯލްމަންގެ ވޭލްސް ޓީމަށް ހިފަހައްޓާލެވުނީ ފުރަތަމަހާ ފުގައެވެ. ދެވަނަ ހަފުގައި ޕޯޗުގައލްގެ ރަފޭލް ނަގައިދިން ހުރަހެއް ވަޒަނެއްހާ ބާރަށް ގޯލަށް ފޮނުވާލައި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިނީ ކެޕްޓަން ރޮނަލްޑޯ އެވެ. އެއިގެ ކުޑިއރުކޮޅެއް ފަހު ޕޯޗުގަލްގެ ދެވަނަ ހަމަލާގައި ރޮނަލްޑޯ ހުރަސްކޮށްދިން ބޯޅަ ކުޑައޭރިއާ ތެރެއިން ގޯލަށް ވައްދާލައި ދެވަނ ގޯލް ކާމިޔާބުކޮށް ދިނީ ފޯވަޑް ނާނި އެވެ.
މެޗުގަިއ މޮޅުަށކުޅޭ މެޗުގެ މޮޅުކުރުންތެރިޔާގެ މަގާމު ހޯދީ ކްރިސްޓިއާނާ ރޮނަލްޑޯ އެވެ. މިމެޗުގައި ޕޯޗުގީޒު ޒުވާން ތަރި ރޮނޭޓޯ ސަންޗޭޒްގެ ކުޅުން މެދުތެރެއިން ފާހަގަ ކޮށްލެވުނެވެ.
މިރޭ ކުޅެވޭ ދެވަނަ ސެމީ ފައިނަލުގައި ބައްދަުކުރާނީ މުބާރާތް ބޭއްވޭ ފްރާންސާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި ވޯލްޑްކަޕް އެންމެ ފަހުގެ ޗެމްޕިއން ޖަރުމަނެވެ.
ޚިޔާލުތައް