ފުވައްމުލަކު ސްޓޭޑިއަމުގައި މިހާރު ކުރިޔަށްދާ ފުވައްމުލައް އޮފީސް ފުޓްސަލް ކަޕްގައި މިއަދު ހަވީރު ކުޅެވުނު މެޗުން ހޯދި ބޮޑު މޮޅާއެކު ސަދާރން ލިންކް ފުވައްމުލައް އިން ވަނީ ގްރޫޕްގެ އެއްވަނަ ހޯދައި ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އަދި ގްރޫޕް 2 ގައި އެފްސީސީ ރިކްރިއޭޝަނާއި ކްލަބް ވެމްކޯގެ މެޗު 1-1 ން އެއްވަރުވެ މި ދެޓީމުވެސް މުބާރާތުން ވަނީ ކަޓާފައެވެ.
އެއާއެކު ގްރޫޕް 1 ގެ ފަހު މެޗުގައި އެމްއެންޑީއެފް ފުވައްމުލައް އާއި ފުވައްމުލައް ސިޓީ ޕޮލިސް ޓީމުގެ މެޗުން މޮޅުވާ ޓީީމަކަށް ސެމީ ފައިނަލުގެ ފުރުސަތު ލިބޭނެއެވެ. އެއްވަރުވެއްޖެ ނަމަ ސެމީ ފައިނަލުގެ ޖާގަލިބޭނީ އެމްއެންޑީއެފް ފުވައްމުލައް ޓީމަށެވެ.
މުބާރާތުގެ 9 ވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރީ އެލިކޯން އާއި ސަދާރން ލިންކް ފުވައްމުލައް އެވެ. މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލުޖެހައި އަދި އެންމެ ބޮޑު ތަފާތެއް ނެރުު މިމެޗު ނިމުނީ 10-2 ން ސަދާރން ލިންކް ފުވައްމުލައް މޮޅުވެގެން ނެވެ. އެއާއެކު އެލިކޯން ވަނީ މިމުބާރާތުން ކަޓާފައެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސަދާރން ލިންކްގެ ޖާރޒީ ނަމްބަރު 11 އަޙުމަދު މުއާޒެވެ.

ފުވައްމުލައް ސިޓީ އޮފީސް ފުޓްސަލް ކަޕް 2019، ވެމްކޯ އާއި ފެނަކަ
މިމުބާރާތުގެ 10 ވަނަ މެޗުގައި އެފްސީސީ ރިކްރިއޭޝަނާއި ކްލަބް ވެމްކޯ ބައްދަލުކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. މިމެޗަށް ނުކުތް އިރުވެސް މި ދެޓީމުވެސް ވަނީ މުބާރާތުން މުބާރާތުން ކަޓާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީސީ ރިކްރިއޭޝަނާއި ޓީމުގެ ޖާރޒީ ނަމްބަރު 8 އަޖުޒަލް އެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ބައްދަލުކުރާނީ:
ހަވީރު 4:00 ގައި ފުވައްމުލައް ސިޓީ ޕޮލިސް އާއި އެމްއެންޑީއެފް ފުވައްމުލައް
ހަވީރު 4:45 އެއަރޕޯރޓް ރިކްރިއޭޝަން ކްލަބު އާއި ފެނަކަ ރިކްރިއޭޝަން ކަލްބެވެ.
މާދަމާގެ ދެ މެޗަކީ ވެސް ގްރޫޕް ސްޓޭޖުގައި ކޮންމެ ގްރޫޕަކުން ވެސް ކުޅެން ޖެހޭ އެންމެފަހު މެޗެވެ.



ޚިޔާލުތައް