ރާއްޖޭގައިބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތް “ގޯލްޑަން ފުޓްސެލް ޗެލެންޖް2016″ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.މި މުބާރާތަކީ ގޯލްޑަން ފުޓްސެލް އެސޯސިއޭޝަން އިން އިންތިޒާމްކޮށްގެން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސް އާއި ވޯރލްޑް ފުޓްސެލް އެސޯސިއޭޝަން އާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން، މާލޭގައި ކުރިޔަށް ދާ މި މުބާރާތުގައި ފުވައްމުލަކާއި މާލޭގެ ކޮންމެ އަވަށަކުން އެއް ޓީމު ބައިވެރި ކުރެވޭނެއެވެ. ބައިވެރި ކުރެވޭ ޓީމުގައި ހިމަނަންޖެހޭނީ އެ އަވަށެއް ގައި ރަޖިސްޓްރީ ކުރެވިފައިވާ ކުޅުންތެރިންނެވެ.
ޗެމްޕިއަން ޓީމަށް ފަންސާސް ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޓީމުތަށް ބައިވެރިވުމުގެ ފުރުސަތު 15 އޯގަސްޓް 2016 ހަމަޔަށް ކުރިޔަށް ދާނެކަމަށް ގޯލްޑަން ފުޓްސެލް އެސޯސިއޭޝަން އިން މައުލޫމާތު ދެއްވި އެވެ . ބައިވެރި ވުމަށްޓަކައި އެ އެސޯސިއެޝަން ގެ ހޮޓްލައިން 9994470 އަށް, އެއަވަށެއްގެ ޓީމުގެ، އިމެއިލް އެޑްރެސް މެސްޖު ކުރުމުން ، ބައިވެރިވުމަށް އެދޭ ފޯމު ފުނުވާދެވޭނެ ކަމަށް އެ އެސޯސިއެޝަން އިން ބުނެއެވެ. މީގެ އިތުރުން ބައިވެރިވުމަށް އެދި ހުށައަޅާފޯރމާއި އެކު 4000ރ ގެ ފީ އެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަންގެ އޮފިޝަލަކު މިކަލް ނޫހަށް ވާހަކަ ދައްކަމުން ވިދާޅުވިއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޯބަރު އިން 15 ނޮވެމްބަރު ގެ ނިޔަލަށް މާފަންނު މިނީގްރައުންޑުގައިއެވެ.
މިމުބާރަތަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އަހަރު މާލޭގައި ބޭއްވި ނެޝެނަލް ފުޓްސެލް ޗެލެންޖްގައި ފުވައްމުލަކުގެ 2 ޓީމު ވަނީ ބައިވެރިވެފައެވެ.
ޚިޔާލުތައް