މިހާރު ކުރިޔަށްދާ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަރ ހައުސް ފުޓުބޯޅަ މުބާރާތުގެ މިހާތަނަށް ކުޅުން މެޗުތަކުން މުޡައްފަރު ހައުސް ކުރިއެރުން ހޯދައިފިއެވެ. އެޓީމުން މުބާރާތުގައި ކުޅުނު 2 މެޗުން މޮޅުވެ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.
މުބާރާތުގައި މިހާތަނަށް 4 މެޗު ކުރޅެވިފައިވާއިރު ބާކީ އޮތީ ކޮންމެ ޓީމަކަށްވެސް އެއްމެޗެވެ.
މުބާރާތުގެ 2 ވަނަ މެޗުގައި ޝަނިވިރާޒާ ހައުސްގެ މައްޗަށް މުޡައްފަރު ހައުސް އިން ކުރިހޯދީ 0-3 އިންނެވެ. އަދި މުބާރާތުގެ 4 ވަނަ މެޗުގައި މުޡައްފަރު(ރެޑް) ހައުސް އިން ވަނީ 3-1 ން އަމީނު (ބްލޫ) ހައުސް ބަލިކޮށްފައެވެ. މުބާރާތުގެ 3 ވަނަ މެޗްގައި ޝަނިވިރާޒާ (ޔެލޯ) ހައުސް އާއި އިމާދު (ގްރީން) ހައުސް ބައްދަލު ކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންވެ.
ފުވައްމުލަކު ސްޓޭޑިއަމް (މައިލޯ ސްޓޭޑިއަމް) ގައި ކުރިޔަށް ދާ މިމުބާރާތުގައި ޓީމުތަކަށް މިހާތަނަށް ޕއޮިންޓް ލިބިފައިވަނީ:
މުޡައްފަރު (ރެޑް) ހައުސް 6 ޕޮއިންޓް 5+ ގޯލު
އަމީން (ބްލޫ) ހައުސް 3 ޕޮއިންޓް 0 ގޯލު
ޝަނިވިރަޒާ (ޔެލޯ) ހައުސް 1 ޕޮއިންޓް 3- ގޯލު
އިމާދު (ގްރީން) ހައުސް 1 ޕޮއިންޓް 2- ގޯލު
މިމުބާރާތުގެއި ކުރިޔަށް އޮތް 2 މެޗުގައި ބައްދަލުކުރާނީ:
މުޡައްފަރު (ރެޑް) ހައުސް އާއި އިމާދު (ގްރީން) ހައުސް އަދި
އަމީން (ބްލޫ) ހައުސް ޝަނިވިރަޒާ (ޔެލޯ) ހައުސް
މިދެމެޗުން މޮޅުވާޓީމަކަށްވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ޝަނިވިރާޒާ ހައުސްއަށް ފައިނަަލަށްދެވޭނީ އަމީން ހައުސް ބަލިވެއްޖެ ނަމައެކަންޏެވެ. އަމިން ހައުސް މޮޅުވެއްޖެނަމަ ފައިނަލުގައި ކުޅެނީ އަމީން ހައުސް އާއި މުޡައްފަރު ހައުސް އެވެ.
ޚިޔާލުތައް