A wide advertisement which will be shown on all devices. (700 x 100)

އަތޮޅު ކައުންސިލްގެ ވޮލީ ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިދިޔަ އަހަރުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ފިސްޑާ

ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން ވިދާޅުވީ އެކައުންސިލްގެ ސްޕޯޓްސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ 10 ވަނަ ދުވަހު ކަމަށެވެ.

އަތޮޅު ކައުންސިލުން އިތުރަށް ވިދާޅުވީ ވޮލީ ބޯޅަ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޒަނުގައި ވާދަކުރުމަށް ޓީމްތައް ބައިވެރިކުރުމަށް ބޭނުންވާ އޮފީސް، ކުލަބް ޖަމްމިއްޔާ ޖަމާއަތްތަކުން 29 ސެޕްޓެމްބަރ 2016 ވަނަ ދުވަހުގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމް އެއިދާރާ އަށް ހުށަހެޅުއްވުމަށެވެ. ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު އަތޮޅު ކައުންސިލްގެ ކައުންޓަރުންނާއި ފޭސްބުކް ޕޭޖް އިން ލިބެން ހުންނާނެކަމަށެވެ.

މިމުބާރާތުގެ ހުރިހާ މެޗްތަކެއް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ލައިވް ކުރާގޮތަށް ހަމަޖެހިފައިވެއެވެ.

އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވޮލީ މުބާރާތަކީ ވަރަށް ވާދަވެރި މުބާރާތެކެވެ. އެގޮތުން ގައުމީ ޓީމާއި ރާއްޖެއިން ބޭރުގެ މޮޅު ކުޅުންތެރިންތަކެއް ކުޅެއެވެ. މިދިޔަ އަހަރު މުބާރާތުގެ އަންހެން ޗެމްޕިއަން ޓީމަކީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. ފިރިހެން ޗެމްޕިއަން ޓީމަކީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !