A wide advertisement which will be shown on all devices. (700 x 100)

ފީފާ ފުޓްސަލް ވޯލްޑްކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދައިފި

ރަޝިއާ 4-5ން ބަލިކޮށް ފީފާ ފުޓްސަލް 2016 ގެ ޗެމްޕިއަންކަން ހޯދީ އާޖެންޓީނާއިން. ފޮޓޯ ފީފާ

މިރޭ ކުޅެވުނު ފީފާ ފުޓްސަލް ވޯލްޑްކަޕްގެ ފައިނަލް  މެޗް  5-4 ން ރަޝިއާ ޓީމު ބަލިކޮށް މުބާރާތުގެ ޗެމްޕިއަކަން އާޖެންޓީނާ ޓީމުން ހޯދައިފިއެވެ.

ކޮލަމްބިއާގެ ކާލީގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ގޯލު ރަޝިއާއިން ޖެހި ނަމަވެސް ހާފު ނިމުނީ އާޖެންޓީނާއިން 2 -1 ން ކުރިހޯދިއެވެ. އަދި ދެވަނަ ހާފުގެ ކުރީ ކޮޅު އިތުރު 2 ގޯލު ކާމިޔާބު ކުރިއިރު، ރަޝިއާ ޓީމަށް ޖެހުނީ އިތުރު 1 ގޯލެވެ. އެއާއެކު ރަޝިއާ ޓީމުގެ ގޯލު ކީޕަރު ގޯލު ދޫކޮށް ފޯވަޑު ލައިނުން ކުޅެން އެރިއެވެ. ނަތީޖާއެއްގެ ގޮތުން އާޖެނޓީނާ ގެ ފަހަތަށް ބާރު ބޮޑުވެ ދިފާއަށް ކުޅެން ޖެހުނެވެ.  ނަމަވެސް ރަޝިއާގެ އެޓޭކެއްގައި ގެއްލުނު ބޯޅައެއް އެއްފަހަރުން މަތިން ކުރިޔަށް ފޮނުވާލައި ރަޝިއާގެ ހުސްގޯލަށް ވައްދާލައިގެން އާޖެންޓީނާގެ 5 ވަނަ ގޯލު ކާމިޔާބުކޮށް އިތުބާރު ބޮޑު ކުރިއެވެ.

ނަމަވެސް ރަޝިއާގެ ކީޕަރު ކުރިއަށް އަރައި ދިން ޕާހަކުން އިތުރު ގޯލެ ކާމިޔާބުކުރުމާއި ފަހު މިނިޓުގައި ލިބުނު 2 ވަނަ ޕޮއިންޓް ޕެނަލްޓީއަކުން ގޯލެއް ކާމިޔާބު ކުރުމާއެކު މެޗު ނިމިގެން ދިޔައީ 4-5 ން ނެއެވެ. ފީފާ ފްޓްސަލް ވޯލްޑް ރޭންކިންގެ 3 ވަނާގައި ރަޝިއާ އޮތް އިރު އާޖެންޓީނާ އޮތި ޖެހިގެން 4 ވަނާގައެވެ. 1 ވަނާގައި ބްރެޒިން އަދި ދެވަނާގައި އޮތީ ސްޕެއިނެވެ. 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާޖެންޓީނާގެ ކެޕްޓަން ފެނާންޑޯ ވިލެމް އެވެ. އަދި އެންމެ މޮޅު ގޯލް ކިޕަރަކަށް ވެސް ހޮވުނީ އާޖެންޓީނާގެ ކީޕަރު ސާމިންޓޯއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހައިގެން ރަންބޫޓު ލިބުނީ ޕޯޗުގަލްގެ ރިކާޑިން (12 ގޯލު) އަށެވެ. މުބާރާތުގެ ރިހި ބޯޅާ އަދި ރިހި ބޫޓު ލިބުނީ ރަޝިއާގެ އެޑަލީމާ އަށެވެ. މުބާރާތުގެ ބްރޯންޒް ބޯޅަ ލިބުނީ އީރާނުގެ އަހުމަދު އިސްމާއިލް ޕޯ އަށެވެ. މުބާރާތުގެ ބްރޯންޒް ބޫޓް 10 ގޯލު ޖަހައިގެން ލިބުނީ ބްރެޒިލްގެ ކުރީގެ ފުޓުބޯޅަ ތަރި ފަލްކާއޯ އަށެވެ.

މިމުބާރާތުގައި 24 ޓީމު ވާދަކުރިއެވެ. އެއީ އޭޝިއާގެ 5 ޓީމާއި، ޔޫރަޕުގެ 7 ޓީމާއި ދެކުނު އެމެރިކާގެ 4 ޓީމާއި، މެދު އަދި އުތުރު އެމެރިކާގެ 4 ޓީމާއި އެފްރިކާގެ 3 ޓީމުގެ އިތުރުން އޯޝެނިއާގެ 1 ޓީމެވެ.

ޔޫރަޕުން ސްޕެއިނާއި ރަޝިއާ، އިޓަލީ ޕޯޗްގައި އަދި ޔުކުރެއިން ވެސް ކުޅުނެވެ. އޭޝިއާއިން އޮސްޓްރޭލިއާ އަދި އިރާން ކުޅުނެވެ. ދެކުނު އެމެރިކާއިން މުބާރާތް ބޭއްވުނު ކޮލަމްބިއާ، ބްރެޒިލް ޕެރަގުއޭ އަދި އާޖެންޓީނާ އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !