A wide advertisement which will be shown on all devices. (700 x 100)

ހޯދަޑުގެ ދެ ޓީމަށް ނާކާމިޔާބު ދުވަހެއް

ރޭގެ މެޗް ކާމިޔާބުކުރި ދަޑިމަގު ރަނިން ޓީމް. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ ފިރިހެނުންގެ ޑިވިޝަންގެ އިއްޔެ ހަވީރު ކުޅުނު މެޗް ހޯދަޑު ހިތްވަރުގެ މައްޗަށް ނަގަނަމަގު ކުރި ހޯދައި ސެމީއަށް ދަތުރުކޮށްފިއެވެ. އަދި އަންހެން ޑިވިޝަންގެ ހޯދަޑު ސްޕައިކަރސް އާއި ބައްދަލުކޮށް ދަޑިމަގު ރަނިން ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.

އިއްޔެ ހަވީރު ކުޅުނު ފިރިހެން ޑިވިޝަންގެ މެޗް ގައި ނަގަނަމަގު ހޯދަޑު ހިތްވަރުގެ މައްޗަށް ކުރިހޯދީ 1-3   އިންނެވެ. މިމެޗުން މޮޅުވެ ނަގަނަމަގު ކުޅުނު ދެ މެޗްގެ ތެރެއިން އެއްމެޗުން މޮޅުވެ ސެމީފައިނަލަށް ގުރޫޕް ދެ ވަނަ ޓީމްގެ ގޮތުގައި ވަނީ ހޮވިފައެވެ. ސެމީ ފައިނަލްގައި އެޓީމް ކުޅެން ޖެހޭނީ ގުރޫޕް 2 ގެ އެއްވަނަ ޓީމާއެވެ. އެގުރޫޕްގެ އެއްވަނަ ޓީމް އެގިގެންދާނީ މިއަދު ބައްދަލުކުރާ މީދޫ ވޮލީ ޓީމާއި ދަޑިމަގު ނެރެގަނޑުގެ މެޗަށް ފަހުއެވެ.

އަންހެން ޑިވިޝަންގައި ރޭ ކުޅުނީ ހޯދަޑު ސްޕައިކަރސް އާއި ދަޑިމަގު ރަނިންއެވެ. ދަޑިމަގު ރަނިން ފުރަތަމަ ދެ ސެޓް ގެންގޮސްފައިވަނިކޮށް ހޯދަޑު ސްޕައިކަރސްވަނީ ތިންވަނަ އަދި ހަތަރު ވަނަ ސެޓް ގެންގޮސްފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓް ދަޑިމަގު ރަނިން ކާމިޔާބުކުރީ 17-15 އިންނެވެ. މިމޮޅާއި އެކު ދަޑިމަގު މުބާރާތުގެ ފުރަތަމަ ފަހަރަށް މެޗެއް ކާމިޔާބުކުރިއެވެ. ހޯދަޑު ސްޕައިކަރސްވަނީ ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗް ކާމުޔާބުކޮށްފައެވެ. އަދި މިވަގުތަށް ޓޭބަލްގެ 1ވަނާގައި އޮތީވެސް އެޓީމެވެ.

މިއަދު ހަވީރު 16:00 ގައި ފިރިހެން ޑިވިޝަންގައި ބައްދަލުކުރާނީ ގުރޫޕް 2 ގެ ދަޑިމަގު ނެރެގަނޑު އާއި މީދު ވޮލީ ޓީމެވެ. އަންހެން ޑިވިޝަންގައި ބައްދަލުކުރާނީ ފިސްޑާ އާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މިމެޗް ފެށޭނީ ރޭގަނޑު 8:30 ގައެވެ.

މިއީ ފުވައްމުލަކުގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. މިމުބާރާތުގެ ހުރިހާ މެޗްތަކެއް ޕީއެސްއެމްގެ ޔޭސް ޗެނަލް އިން ވަގުތުން ދައްކާނެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !