A wide advertisement which will be shown on all devices. (700 x 100)

އަންހެން ޑިވިޝަންގެ މިސްކިތްމަގު އަދި ފިސްޑާ ސެމީ ފައިނަލަށް، މީދޫ ވޮލީ ޓީމަށް ގުރޫޕްގެ އެއްވަނަ

ރޭގެ މެޗް ކާމިޔާބުކުރި މިސްކިތްމަގު އެންމެންގެ ގުޅުން. ފޮޓޯ: ފުވައްމުލަކު އަތޮޅު ކައުންސިލް

ފުވައްމުލަކު އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގެ ފިރިހެނުންގެ ޑިވިޝަންގެ އިއްޔެ ހަވީރު ކުޅުނު މެޗް ދަޑިމަގު ނެރެގަނޑުގެ މައްޗަށް މީދޫ ވޮލީ ޓީމް ކުރިހޯދައި ސެމީއަށް ދަތުރުކޮށްފިއެވެ. އަދި އަންހެން ޑިވިޝަންގެ ފިސްޑާ އާއި ބައްދަލުކޮށް މިސްކިތްމަގު އެންމެންގެ ގުޅުން ވަނީ މޮޅުވެފައެވެ.

އިއްޔެ ހަވީރު ކުޅުނު ފިރިހެން ޑިވިޝަންގެ މެޗް ގައި ނެރަގަނޑުގެ މައްޗަށް މީދޫ ވޮލީ ޓީމް ކުރި ހޯދީ 3-2 އިންނެވެ. މިމޮޅާއި އެކު މީދޫ ވޮލީ ޓީމްވަނީ ގުރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުން މޮޅުވެ ގުރޫޕް އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ހޮވިފައެވެ. މީދޫ ވޮލީ ޓީމް ސެމީގައި ބައްދަލުކުރަން ޖެހެނީ ގުރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި އޮތް ދިގުވާޑު ޓީމާއެވެ. ސެމީގެ ދެވަނަ މެޗްގައި ބައްދަލު ކުރާނީ ގްރޫޕް އޭ ގެ 2 ވަނަ ޓީމް ނަގަނަމަގު ޓީމް އާއި ގްރޫޕް ބީ ގެ 2 ވަނަ ޓީމް ފިސްޑާއެވެ.

އަންހެން ޑިވިޝަންގައި ރޭ ކުޅުނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި މާދަޑު ފިސްޑާއެވެ. މިމެޗް މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކުރީ 1-3 އިންނެވެ. މިމޮޅާއި އެކު އަންހެން ޑިވިޝަންގެ  ސެމީ ފައިނަލަށް މިސްކިތްމަގު އެންމެންގެ ގުޅުމާއި ފިސްޑާ ވަނީ ދަތުރުކޮށްފައެވެ. މިސްކިތްމަގު އެންމެންގެ ގުޅުން ސެމީއަށް ދަތުރު ކުރީ 4 ޕޮއިންޓާއި އެކު 2 ވަނަ ޓީމުގެ ގޮތުގައެވެ. އަދި ފިސްޑާ ދަތުރުކޮށްފައި ވަނީ 3 ޕޮއިންޓާއި އެކު 3 ވަނަ ޓީމުގެ ގޮތުގައި އެވެ. ފައިނަލްގެ ޖާގައެއް މިހާތަނަށް ކަށަވަރުވެފައި ވަނީ 7 ޕޮއިންޓާއި އެކު ތާވަލުގެ 1 ވަނާގައި އޮތް  ހޯދަޑު ސްޕައިކަރސް އަށް އެކަންޏެވެ.

މިއަދު ހަވީރު 16:00 ގައި ފިރިހެން ޑިވިޝަންގައިކުޅޭނީ ސެމީފައިނަލް ފުރަތަމަ މެޗެކެވެ. މިމެޗްގައި ބައްދަލުކުރާނީ ގުރޫޕް އޭ ގެ އެއްވަނަ ޓީމް އަފުން ޓީމާއި ގުރޫޕް ބީ ގެ އެއްވަނަ ޓީމް މީދޫ ވޮލީ ޓީމް އެވެ. މިރޭ ބައްދަލުކުރާނީ ގުރޫޕް އޭ ގެ ދެވަނަ ޓީމް ނަގަނަމަގޮ ޓީމާއި ގުރޫޕް ބީ ދެވަނަ ޓީމް ފިސްޑާ އެވެ.

މިއީ ފުވައްމުލަކުގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ފެންވަރު ރަނގަޅު ވޮލީ މުބާރާތެވެ. މިމުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޔޭސް ޗެނަލް އިން ވަގުތުން ދައްކަމުން ދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !