ހެލްތު ޕްރޮޓެކްޝަން އެޖޭންސީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޏ. އަތޮޅު ހޮސްޕިޓަލާއި ފުވައްމުލަކު އަތޮޅު ކައުންސިލާއި މޯލްޑިވްސް ރެޑް ކްރެސެންޓްގެ ފުވައްމުލައް ބްރާންޗާއި ގުޅިގެން ރޯޑް ސޭފްޓީ ކެމްޕޭނުގެ ހަރަކާތެއްގެ ގޮތުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް އިއުލާންކޮށްފިއެވެ.
ޗެމްޕިއަން ޓީމަށް 5،000 ރުފިޔާ ލިބޭ މިމުބާރާތް އޮންނާނީ އަންނަ ނޮވެމްބަރ މަހު 15 ވާ އަންދުވަހުގައެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ޓީމު ލިސްޓް ހުށަހަޅާ ފޯމް އަންނަ ނޮވެމްބަރ މަހު 10 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކުރިން އަތޮޅު ކައުންސިލްގެ އިދާރާ އަށް ހުށަހެޅުމަށް އެއިދާރާ އިން އެދިލައްވައެވެ.
މީގެ އިތުރުން 3.4 ކިލޯ މީޓަރު ދުވުމުގެ މުބާރާތެއްވެސް ނޮވެމްބަރ 17 ވަނަ ދުވަހު ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވެއެވެ. އެމުބާރާތުގެ 1 ވަނަ ހޯދާ ފަރާތަކަށް 1500 ރުފިޔާ އަދި 2 ވަނައަށް 1000 އަދި 3 ވަނަ އަށް 500 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވެއެވެ.
މިމުބާރާތްތަކާއި ބެހޭ ގަވާއިދު އަތޮޅު ކައުންސިލްގެ އިދާރާއިންނާއި އެއިދާރާގެ ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް އެއިދާރާއިން ހާމަކުރެއެވެ.
ޚިޔާލުތައް