A wide advertisement which will be shown on all devices. (700 x 100)

ފުލުހުންގެ އަހަރީ ދުވަހު ފުވައްމުލަކު ފުލުހުންގެ ނަމޫނާ ޚިދްމަތެއް

ފުވައްމުލައް ސިޓީއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ގިނައިރުތަކެއް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގިނަ ގެތަކަށް ފެން ވަންނާން ފެށުމުން  ފުވައްމުލައް ޕޮލިސް ސްޓޭޝަންގެ ގިނަ ޢަދަދެއްގެ ފުލުހުން ނިކުމެ މި ދަތި ޙާލަތުން އަރައިގަތުމަށް ޢާންމުންނަށް އެހީތެރި ވަމުން އެބަދެއެވެ.


ފެން ވަދެ ގެއްލުން ވަމުން އަންނަ ގޭގެއަށް ފުލުހުންގެ ގުރޫޕުތަކުން ވެލި އުފުލައި ފެން ނުވަންނާނޭހެން ބަަސްތާ ޖަހައިގެން ބައްދައިދިނުމުގެ މަސައްކަތާއި ފެން ބޮޑުވެފައިވާ ގެތަކުން ފެން ހިއްކައިދިނުމުގައި ރޭގެ ފަތިހުއްސުރެން ފުލުހުން އަންނަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ.


ބައެއް ގޭގޭގެ ފުރާޅު މައްޗަށް ބޮޑެތި ރުކާއި ބިޔަ ގަސްތައް ވެރި ބޮޑެތި ގެއްލުންތަކެއް ވެފައިވާ މި ޙާލަތުގައި ފުލުހުންގެ ފަރާތުން ލިބެމުން އަންނަ ބޮޑު އެހީތެރިކަމަށްޓަކައި ޢާންމުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑަށް އެކަން ފާހަގަކޮށް ސޯޝަލް މީޑިޔާ ފަދަ ތަންތަނުގައި ފުލުހުންނަށް ތަޢުރީފުކޮށް ޝުޢޫރު ފާޅު ކުރަމުންނެވެ.


ފުވައްމުލައް ސިޓީއަށް ދިމާވާ މި ފަދަ ކޮންމެ ޙާލަތެއްގައި ފުލުހުންނަކީ ނަމޫނާ ބައެއް ކަމާއި މި ފަދަ ކޮންމެ ވަގުތެއްގައި އެންމެ ކުރީ ސަފުގައި ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމުގައި ގިނަ ފަރާތްތަކުން ފާހަގަ ކުރެއެވެ. މިއަދަކީ ދިވެހި ފުލުހުންގެ ޚިދްމަތަށް 88 އަހަރު ފުރޭ އަހަރީ ދުވަހެވެ.


ފުލުހުންގެ އިތުރުން ސިޓީ ކައުންސިލާއި އެހެނިހެން މުއައްސަސާތަކުންވެސް އަންނަނީ މި ޙާލަތުން އަރައިގަތުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !