A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކުގެ 3 ދަރިވަރަކު ޙިފްޡް އިމްތިހާން ނިންމައިފި

ކީރިތިޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ފުވައްމުލަކު ގޮފީގެ ދަރިވަރުންގެ ތެރެއިން ޤުރުއާންހިތުން ދަސްކުރި 3 ދަރިވަރުންގެ ހިފުޒް އިމްތިހާން ނިންމުން އާދީއްތަ ދުވަހުގެ ރޭ ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ބައެއް މެންބަރުންވެސް ބައިވެރިވެވަޑައިގަތެވެ. ފުވައްމުލަކު ސިޓީއިން ހިފްޒް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނަކީ ފުވައްމުލަކު އަނޯވާ ހޫދު މުހައްމަދާއި، ފުވައްމުލަކު މާވޭދެ މުހައްމަދު އަނީސް ހުސައިނާއި، ފުވައްމުލަކު މާވިނަ ސަފިއްޔާ އަލިދީދީ އެވެ.

މިފަހަރުގެ ހިފުޒު ކޮމިޓީ އެކުލަވާލާފައިވަނީ ފުވައްމުލަކު ސިޓީއިންނެވެ. އަދި މިއީ ފުވައްމުލަކު ސިޓީއިން ހިފުޒު ކޮމިޓީއެއް އެކުލަވާލި ފުރަތަމަ ފަހަރު ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ. ހިފުޒު ކޮމިޓީގައި ހިމެނުނު މެންބަރުންނަކީ، އެކޮމިޓީގެ ރައީސް އަލްގާރީ އަލްހާފިޒު އަބްދުﷲ މުފީދާއި، އެކޮމިޓީގެ ނާއިބު ރައީސް އަލްހާފިޒާ އާމިނަތު ސައީދާއި، އަލް ހާފިޒު ހުސައިން އާދަމާއި، އަލްހާފިޒު އަހުމަދު ނަސީމެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !