A wide advertisement which will be shown on all devices. (700 x 100)

ހައިޕާސޮނިކް މިސައިލަކީ ކޮބާ؟

ރަޝިއާގެ ހަނގުރާމަތީ ބޯޓެއް. މިގް31ކޭ ފައިޓާ ކިންޒާލް ހައިޕަސޮނިކް މިސައިލް ހަރުކޮށްފަ

ރަޝިއާއިން މިހާރު ފަށައިގެން އުޅޭ ޔުކުރޭން ހަނގުރާމައިގައި ހައިޕާސޮނިކް މިސައިލް ތަޖުރިބާ ކޮށްފިއެވެ. މިއީ ހަނގުރާމެއްގައި ހައިޕަސޮނިކް މިސައިލް ބޭނުންކުރި ފުރަތަމަ ފަހަރެވެ.

ހަނގުރާމަތަކުގައި ބޭނުންކުރާ މިއާއި އެންމެ އެއްގޮތް މިސައިލަކީ ބެލަސްޓިކް މިސައިލެވެ. ދުނިޔޭގައި ކުރެވޭ ގިނަ ހަނގުރާމަތަކުގައި އަދި އުވާނީހަމަލަ ތަކުގައި ވެސް ބެލަސްޓިކް މިސައިލް ވަރަށް ގިނައިން ބޭނުންކުރާ ކަމުގައި ޚަބަރުތައް  އިވެއެވެ.

ހައިޕާސޮނިކް މިބަހުގެ މާނައަކީ އަޑަށްވުރެ 5 ގުނަ ބާރަށް ދަތުރުކުރުމެވެ. އެއީ ގަޑިއަކު 6،174 ކިލޯމީޓަރަށް ވުރެ ބާރަށް ދަތުރުކުރުމުވެ. މިފަދަ ބާރު ސްޕީޑެއްގައި ދަތުރު ކުރާ މިސައިލް ހަމަލާއިން ސަލާމަތްވުމަކީ ހަމަލާ އަމާޒުވާ ފަރާތްތަށް ފަސޭހައިން ވާނެކަމެއް ނޫނެވެ.

ނަމަވެސް ހަނގުރާމަތަކުގައި ބޭނުންކުރާ ބެލަސްޓިކް މިސައިލަށް ވެސް މިއާއި ގާތް ސްޕީޑެއްގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިގެން ވެއެވެ. ނަމަވެސް ހައިޕާސޮނިކު މިސައިލަށް ޖައްވުގެ މަތީ ފަށަލައި ހަމަޔަށް މައްޗަށް ދަތުރުކުރެވެއެވެ. އަދި ދިފާއަށް އޮޅުވާލުމަށް ހަމަލާގެ ދަތުރު މިސްރާބު އެކިގަތްގޮތަށް ބަދަލުކުރުމުގެ ގާބިލުކަން ލިބިގެންވެއެވެ.

ބެލަސްޓިކް މިސައިލް ދޫކޮށްލުމަށް (ލޯންޗު ކުރުމަށް) ފަހު އިތުރަކަށް މިސްރާބަށް ބަދަލުކޮށް، އިތުރަށް ކޮންޓްރޯލް ނުވެޔޭ ބުނާވަރު ވެއެވެ. އެއިގެ މިސާލަކީ ބޯޅައެއް އެއްލުމަށްފަހު އެއެތީގެ ދަތުރު ކޮންޓްރޯލް ކުރަން އުޅުން ކަހަލައެވެ. ނަމަވެސް ހައިޕަސޮނިކް މިސައިލް ދޫކުރުމަށްފަހު ވެސް އޭގެ ދަތުރުގެ މަރުހަލާގައި އަމާޒުފަތްގަޑު ބަދަލުކުރުމާއި ދަތުރުކުރާ ގޮތް ބަދަލުކުރުމުގެ ގާބިލުކަން ލިބިގެން ވެއެވެ.

ހައިޕާ ސޮނިކް މިސައިލްގެ ދެވައްތަރެއް މިހާތަނަށް އުފައްދާފައި ވެއެވެ. އެއީ ހައިޕާސޮނިކް ގްލައިޑް ވެއިކަލް (އެޗްޖީވީއެސް) އާއި ހައިޕާސޮނިކް ކްރޫސް މިސައިލް (އެޗްސީއެމް) އެވެ.

ހައިޕާސޮނިކް ގްލައިޑް ވެއިކަލް މިސައިލް ދުނިޔޭގެ (ނުވަތަ ބިމުގެ) ތަރަހައިން ބޭރަށް ދިއުމަށްފަހު އަނބުރާ ދުނިޔެއަށް ވަންނަނީ އެޓްމޮސްފިއާގެ އެތެރޭގައި، ތަރުތީބެއް ނެތި ގުދުގުލު ލައްވައި، ބުރުތަކެއް އަޅަމުން ގޮހެވެ. މީގެ ބޭނުމަކީ އިދިކިޅޮ ރާޑަރުތަކަށް އަސްލު އަމާޒު ފަތްގަޑާއި ދަތުރުގެ މަގު އޮޅުވާލުމެވެ.

ހައިޕާސޮނިކް ކްރޫސް މިސައިލް ގެ ސްޕީޑް ގްލައިޑާއަށް ވުރެ ތަންކޮޅެއް ދަށެވެ. މި މިސައިލް ތައްޔާރުކޮށްފައި ވަނީ ތިރިން ދަތުރު ކުރާގޮތަށެވެ. މީގެ މިސައިލްތަކުގެ ވެސް ސްޕީޑް ބާރުކަމުން ދިފާއަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ލިބޭ ފުރުސަތު ހަނިވެގެން ދެއެވެ.

މިހާ ހަލުއި ސްޕީޑެއްގައި ވައިގެ ތެރޭގައި ދަތުރުކުރާއިރު އުފެދޭ ވައިގެ ފްރިކްޝަނަކީ ބޮޑު ގޮންޖެހުމެކެވެ. އެބާރު ސްޕީޑްގެ ސަބަބުން އެއިގެ ފިނިހޫނިމުން 2،200 ޑިގްރީ ސެލްސިއެސް އަށް އަރައިގެން ދެއެއެވެ. ގަދަ ހޫނުގައި ހިފަހައްޓާލެވޭ ޓައިޓޭނިއަމް ވެސް 1670 ޑިގްރީ ސެލްސިއަސްގައި ވިރިގެން ދެއެވެ. ވުމާއެކު މިފަދަ މިސައިލް ޑިޒައިންކޮށް ތައްޔާރު ކުރަން ޖެހެނީ އެކަމަށް ޚާއްސަކުރެވިގެން ތައްޔާކުރެވޭ މާއްދާއަކުންނެވެ.

އަގުބޮޑު ހައިޕާސޮނިކް މިސައިލްގެ ދަތުރުގައި އުފެދޭ ހޫނާއިއެކު “ޕްލާސްމާ” ޕާޓިކަލްތަކެއް މިސައިލްގެ ވަށައިގެން އުފައްދައެވެ. މިޕާޓިކަލްތަކުގެ ސަބަބުން ރޭޑިއޯ ފްރިކުއެންސީގައި އެއާއި މުއާސަލާތު ކުރުންހުއްޓެއެވެ. ހަމަ މިފަދަ ހާލަތެއް، ޖައްވީ އުޅަނދުތައް އަނބުރާ ބިމުގެ ފަށަލައަށް ވަންނަން ވަގުތުވެސް ދިމާވެ، މުއާސަލާތުކުރުން އިރުކޮޅަކަށް މެދުކެނޑިގެން ދެއެވެ.

ހައިޕާސޮނިކް މިސައިލްތަކުގެ ޓެސްތްތައް އެންމެ ފުރިހަމައަށް ކާމިޔާބުވުމަށް ހުރަހަކަށް ވެފައިވަނީ އެއިގެ ބާރު ސްޕީޑާއި އެކު ދަތުރުގައި އެކުލެވޭ ތަރުތީބެއް ނެތް އެނބުރުންތަކާއިއެކު ދިމާވާ މުއާސަލާތުގެ މައްސަލައެވެ. މިފަދަ ދަތިތަކެއް ހުރިނަމަވެސް ރަޝިއާއިން ޔުކުރޭން ހަގުރާމާގައި ކާމިޔާބުކަމާއެކު އެމީހުންގެ ‘ކިންޒާލް’ ހައިޕަސޮނިކް މިސައިލް މިވަނީ ބޭނުންކޮށްފައެވެ. ނަމަވެސް ބައެއް މީހުން އުފައްދާ ސުވާލަކީ އާއްމު ބެލަސްޓިކް މިސައިލުން ކުރެވެން އޮތް ކަމެއް މިފަދަ އަގުބޮޑު ހަތިޔާރެއް ބޭނުންކުރުމުގެ ބޭނުމާއި މެދުއެވެ.

ނަމަވެސް ގަބޫލުކުރެވޭ ހަގީގަތަކީ އާއްމު ޓެސްޓްތަކުން ލިބޭ ނަތީޖާއާއި އަސްލު މާހައުލުގައި ލިބޭ ނަތީޖާގައި ތަފާތުތަކެއް ހުންނަކަމެވެ. އަދި ޓެސްޓް މާހައުލުގައި ހަތިޔާރުގެ ކާމިޔާބުކަމާއި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ބައިތައް އެނގޭ މިންވަރު ނިސްބަތުން ކުޑަކަމެވެ. ނަމަވެސް އަސްލު ހަނގުރާމައެއްގައި ބޭނުންކޮށް ހަތިޔާރުގެ ކަންކަން ކައިރިން ބަލައިލަން ރަޝިއާއަށް ލިބިފައި އޮތް ފުރުސަތުގެ ބޭނުން އެމީހުން ކުރީއެވެ. އެއާއެކު އެހަތިޔާރު އިތުރަށް ތަރައްގީކުރަން ޖެހޭ ކަންކަން ދެނެގަތުމަށް މަގުފަހި ވެގެންދާނެއެވެ.

ކޮންމެ އަކަސް މިހާހިސާބުން ހައިޕާސޮނިކް މިސައިލަކީ ވެސް އާމަރީތަކުގައި ހަތިޔާރުގެ ތެރޭގައި ހިނިގެންދާނެ ވަސީލަތަކަށް ވެގެން ދިޔައިއެވެ.

މައުލޫމާތު: އެލެކްސް ގެޓަޕޮލަސް އަލްޖަޒީރާ – 21 މާރިޗް 2021.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !