A wide advertisement which will be shown on all devices. (700 x 100)

ގާޒީ އިބްރާހިމް އަލީގެ ސުލޫކީ މައްސަލައެއް ބަލަނީ

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އިބްރޙާިމް

ފުވައްމުލަކަށް ނިސްބަތްވާ ކްރިމިނަލް ކޯޓުގެ ގާޒީ އެއް ކަމަށްވާ އިބްރާހީމް ޢަލީގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފައިވާ ކަމަށް ޖޭއެސްީގެ ނޫސްބަޔާނުގައި ހާމަކުރެއެވެ.

ޖޭއެސްސީން ބަލަމުން އަންނަނީ ކޯޓު ޢަމުރު ނެރުމުގައި ޤާނޫނުއަސާސީއާ ޚިލާފަށް ގާޒީ ޢަލީ އިބްރާހިމް ޢަމަލުކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ އެއްކަމަށް ވެއެވެ. ޖޭއެސްސީގެ 36 ވަނަ ބައްދަލުވުމުގައި ގާޒީ އިބްރާހިމް ޢަލީ އައި މެދު ހުށަހެޅިިފައިވާ މައްސަލަ ބަލަން ތަޙުޤީޤު ކޮމިޓީއެއް ވަނީ އެކުލަވާލާފަ އެވެ. އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި އެ ކޮމެިޝަންގެ 7 މެމްބަރަކު ބައިވެރިވެ ވަޑައިގަތް ކަމަށް އެކޮމިޝަނުން ނެރުނު ޏުސްބަޔާނެއްގައި ވެއެވެ.

ރާއްޖޭއެމްވީއިން ހާމަކުރަ ގޮތުގައި ފާއިތުވި 3 އަހަރު ހައި ކޯޓުން އެންމެ ގިނައިން ބާތިލުކޮށްފައި ވަނީ ގާޒީ އިބްރާހިމް ޢަލީގެ ނިންމެވުންތައް ކަން އެެމީއާއަށް އެނގިފައި ވެއެވެ.

އަލަށް އެކުލަވާލެވުނު ޖޭއެސްސީން އަންނަނީ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ ގިނަ މައްސަލަތަކެއް ބަލައި ފިޔަވަޅު އަޅަމުންނެވެ. އޭގެ ތެރެއިން ބައެއް ފަނޑިޔާރުން ވަނީ މަޤާމުން ވަކިކޮށްފައި ވެސް ވެއެވެ. އަދި މައްސަލަބަލަން ފެށުމުން ބައެއް ގާޒީން އަމިއްލައަށް މަގާމުން އިސްތިއުފާ ދީފައިވެސް ވެއެވެ. ބައެއް ގާޒީންނަށް ނަަސޭހަތް ދީފައިވެސް މައްސަލަތައް ނިންމާފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !