A wide advertisement which will be shown on all devices. (700 x 100)

ލޮކްޑައުންގައި ހިފަހައްޓާލެވޭނީ ކިހާ ދުވަހަކަށް؟- އަހުމަދު ސައީދު

"އިސް ރަށްވެހިންނާއެކު" ބައްދަލުވުމުގައި އަހުމަދު ސައިދު ދޮށީއުުރުގެ މިހުންނަށް އަޅާލުމާއި ރައްކާތެރިކަން ހޯދައިދިނުން މިނިސްޓްރީ އޮފް ލޮ އެންޑް ޖެންޑާ 2015

ލޮކްޑައުންގައި، ފުރަބަންދުވެގެން، މިސްކިތްތަކާއި ފިހާރަތައް ބަންދުކޮށްގެން އަދި އިގްތިސާދާއި އާއްމު ދިރިއުޅުމުގެ ހާލަތު މުޅިން ހުއްޓާލައިގެން ތިބެވިއްޖެ ކަމަށާއި މިހެން ހިފަހައްޓާލެވޭނީ ކިހާ ދުވަހަކަށް ތޯ ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ސުވާލު ކުރައްވައެވެ؟

މުޖުތަމަޢުގެ ހުރިހާ ކަމެއް ހުއްޓުވާލާފައި ބާއްވައިގެންވެސް ކޮވިޑްގެ ބަލިމަޑުކަން ނިމުމަކަށް ނުގެނެވުނު ކަމަށް އޭނާ ހާމަކުރައްވައެވެ. މުޅި ދުނިޔެއިން ބަލި ޖެހުނު އަދަދު 4 މިލިއިން ފަހަނަޅާ ދިޔައިރު ރާއްޖޭގައި 1 ހާހުން މައްޗަށް ޖެހިއްޖެކަމަށެވެ.

އެންއީއޯސިގެ އެޕިޑެމޮލޮޖިސްޓް ޑރ. ފައިސަލް ގެ ޓްވީޓެއްގައި ކަމަށްވާ “އެއް ބަލިމަޑުކަމުން އަނެއް ބަލިމަޑުކަން ފެޅިޔަ ދީގެން ނުވާނެއެވެ. އެހެން ބަލިތަކުން ރައްކާތެރިވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހެއެވެ.” ފާހަގަ ކުރައްވަމުން ވިދާޅުވީ ފުރަބަންދުން ވީއްލުނަސް ބަލީގެ ހާލަތު އިތުރަށް ގޯސްވާން ފުރުސަތު ދީގެން ނުވާނެ ކަަމށެވެ. އަދިކޮވިޑް-19 ނުން އެހެން ބަލިތަކުން ރައްކާތެރިވާން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން އަހުމަދު ސައީދު ހާމަކުރައްވަނީ “އެހެންކަމުން ދެން އޮތީ މި ބަލިމަޑުކަމަކީ އިންސާނުންގެ ތެރޭގައި އޮތް އެއްޗެކަން “އެނގިތިބެގެން” ބިންމަތި އާރާސްތު ކުރުމަށް ފެތުރި ގަތުމެވެ. ކޮވިޑަށް “ބިރުން” ގޭތެރޭގައި ތިބި ތިބުން ނިމުމަކަށް ގެނެސް ފަރުދީ ޒިންމާ އިހުނަށްވުރެ ވަރުގަދަކޮށް ގެއިން ނިކުންނަ ވަގުތާމެދު ކަމާބެހޭ އިދާރާތަކުން މިހާރު ވިސްނަމުންދާ ކަމަށް ގަބޫލު ކުރެވެއެވެ”.

އަހުމަދު ސައީދު ލަފާ ކުރައްވާ ގޮތުގައި އީދުގެ ބަންދު ނިމިގެން ދާއިރު ފުރަބަންދުން މިންޖުވާނެއެވެ. ނަމަވެސް ބަލން ރައްކާތެރިވެތިިބުމަށް ކަންކަން ކަންކަން ކުރަން ޖެހޭނެކަމަށެވެ.

ފުރަބަންދުން ނިމުމަކަށް އަޔަސް ކުރިމަތީގައި އޮތް ބޮޑު ޒިންމާގެ މަތިން އާއިލާތަކުން ހަނދާން ނައްތާ ނުލުމަށް އެދިފައިވެއެވެ. އާއިލާގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ކުރާ މީހުން ތިބޭ ކަން ވިސްނައި އެކަމަށް ސަމާލުކަންްދީގެން އަމަލުތައް ބެހެއްޓުމަށެވެ.

ސަރުކާރުން ހޮސްޕިޓަލްތަކުގައި ކޮވިޑް އައިސީޔޫ ހަދާނެކަމަށެވެ. އެކަމަކު އާއިލާގައި ތިބި ލޯބިވާ މީހުންގެ ރައްކާތެރިކަމަށް އެ އާއިލާތަކުން ކުރަންހުރި މަސައްކަތުގެ ޒިންމާ މާ ބޮޑުކަމަށް ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !