31 މެއި 2020 ( އާދީއްތަ )

banner

ގިނަކަންކަން މއިަދު ހުޅުވިޔަސް ފވމ ބަނދަރު އަދިވެސް އޮތީ ބަންދުކުރެވިފައި

ފުވައްމުލައް ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް ދޫކޮށްލައިފި

ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލައް ސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އެއްކޮށްހެން ދޫކޮށްލައިފިއެވެ. މިއަދު، 23 މެއި 2020 އިން ފެށިގެން މިފިޔަވަޅުތަކަށް ދީފައިވާ ދުތަކާއެކު ސިޓި ކައުންސިލުން ވަނީ އިއުލާނެއް ނެރެފައެވެ.

ފާއިތުވި ދުވަސްތަކުގައި ފުވައްމުލައް ސިޓީއިން ވަނީ އެކިގޮތްގޮތުން ކޮވިޑް-19 އަށް ޝައްކުުކުރެވިގެން 13 ސާމްޕަލެއް ނަގަައި ޓެސްޓްކޮށްފައި ވެއެވެ. އެހުރިހާ ސަމްޕަލެއްގެެ ނަތީޖާވެސް ވަނީ ނެގަޓިވް ވެފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ އިއުލާނުގައި ވާގޮތުން ކުރިން ހިފެހެއްޓުނު ބައެއް ކަންތައްތައް ދޫކޮށްލިއިރު އަމަލު ކުރާނެ ގޮތްތަކެއް ކަނޑައަޅާފައި ވެއެވެ.

އެގޮތުން އިއްޔެއިން ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ހުޅުވާލައި އެކަމުގައި އަމަލުކުރާނެ ގޮތްތަކެއް ވަނީ އިއުލާން ކުރެވިފައެވެ. މީގެ އިތުރުން ފިހާރަތައް އާއްމު ވިޔަފާރިއަށް ހުޅުވާލަން ތައްޔާރުވާކަމަށް އިއުލާންކޮށް އަދި ފިހާރަތަކަށް ދާމީހުންނާއި ވިޔަފާރިވެރިން އަމަލުކުރާނެ ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ.

ރޭ، ނެރުނު އިއުލާނުގައި ވާގޮތުން ފިހާރަތައް މިއަދު، 23 މެއި 2020 ދުވަހުން ފެށިގެން އާއްމު ވިޔަފާރިއަށް ހުޅުވާލާފައެވެ. އެގޮތުން ފިހާރަތަކާއި، ވިޔަފާރި ގާޑިއާ، ކެފޭ، ރެސްޓޯރެންޓްތަައް ހުޅުވައިގެން ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް މިއަދުން ފެށިގެން ޚިދުމަތް ދިނުމަށް ވަނީ ހުޅުވާލަފައެވެ.

މީގެ އިތުރުން ކުރިން ބަންދުކުރެވިފައިވާ މަސައްކަތްކުރާ ތަންތަން ކަމަށްވާ ވަޑާންގެއާއި، ފަހާތަންތަނާއި، ގަރާޖު، ވޯކްޝޮޕް ފަދަތަންތަނުގެ މަސައްކަތް ކުރުމަށް ވަނީ ދޫކުރެވިަފއެވެ. ބޯކޮށާތަނާއި ސެލޫން ތަކުގެ ޚިދުމަތްދެވެނީ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށެވެ.

އަދި ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް ބޭނުންކުރުން މަނާ ކުރެވިފައިވާ ނާއިބު ތުއްތުމަގު (ތާރަ މަގު) އެއްކޮށް ވަނީ ހުޅުވާލާފައެވެ.

ފުވައްމުލަކު ނާއިބު ތުއްތު މަގު ކޮވިޑް-19 އާއި ގުޅިގެން ވަކި ގަޑިތަކެއްގައި ބަންދު ކުރީ 2 މެއި ގައި، މިއަދު، 23 މެއި 2020 ގައި އަލުން އެއްކޮށް ހުޅުވާލަނީ ފޮޓޯ؛ ލިއުޝާ

ނަމަވެސް ބަންދުކުރެވިފައިވާ ފުވައްމުލަކު ބަނދަރު ސަރަހައްދާއި ކުޅޭ ބިންތަކާއި، ޖިމްތަކާއި ޕާކުތަކައި އިޖުތިމާއީ ސަރަހައްދުތައް އަދި ހުޅުވާލާފައެއް ނުވެއެވެ.

މިކަންތައް ދޫކޮށްލެވިަފއި ވަނީ މިވަގުތު ފުވައްމުލައް ސިޓީގެ ކޮވިޑް-19ގެ ހާލަތަށް ރިއާޔަތް ކުރެވިގެން ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. ނަމަވެސް ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓިފައި ނުވާތީ ބޭރަށްނިކުމެ އުޅޭ އިރު ގައިދުރުކަން ބެހެއްޓުމަށާއި 3 މީހުންނަށް ވުރެ ގިނއަިން އެއްތަންވެ ނޫޅުމަށާއި އާއްމު ދިރިއުޅުމުގައި ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސު ކުރެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުވައްމުލައް ސިޓީގެ އާއްމު މަސައްކަތްތައް، އާއްމު ތަންތަން ބަންދުކޮށްފައިވަނީ 23 އޭޕްރީލް ގައެވެ. ވުމާއެކު މިއަދު 23 މެއިގައި ހުޅުވަން ހުއްދަ ދިނުމުން، ބަންދުކުރެވިަފއި މިވަނީ ބަރާބަރު 1 މަސް ދުވަހަށެވެ.

ފުވައްމުލައް ސިޓީ ކައުންސިލުގެ މި ބަންދު ކުރުންތަކަށް ބައެއް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވިއެވެ. މިއަދު ބަންދުތައް ދޫކޮށްލުމުން އެކަކު ބުނެފައިވަނީ މިއޮތްހާ ދުވަހު ސިޓީ ކައުންސިލުން ތަންތަން ބަންދުކޮށްގެން އެކުރީ ބޭކާރު ކަންތައްތަކެއް ކަން މިއޮތީ އެނގިފައި ކަމަށެވެ.

ފުވައްމުލައް ސިޓީގެ އިއުލާން 22 މެއި 2020

މާހެފުން ނުބޭއްވުމަށް އެންގުން 12 އޭޕްރިލް 20200

މަލެ ދަތުރުފަތުރު ކުރުން ހުއްޓާލުން 15 އޭޕްރިލް 20200 (އަދިވެސް ބަންދު ކުރެވިފައި)

ކެފޭ ރެސްޓޯރެންޓްް، ސައިހޮޓާ ބަންދުކުރުން 17 އޭޕްރީލް 2020

އާއްމު ވިޔަފާއަށް ފިހާރަތަކާއިި ބޯކޮށާތަން ވަޑާންގެ، ވޯކްޝޮޕް، ސެލޫން ބަންދު ކުރުން 18 މެއި 2020

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް އެންގުން 18 މެއި 2020

ޒަރޫރޫ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން ބަންދުކުރުން 18 އޭޕްރީލް 2020 (އަދިވެސް ބަންދު ކުރެވިފައި)

ތާރުމަގު ހަވީރު 4:00 ން ރޭގަނޑު 12:00 ބަންދު ކުރުން 2 މެއި 2020

ތާރު މަގު ބަންދު 2020 މެއި 2ގައި


ކިޔުންތެރިންގެ ޚިޔާލު