18 ނޮވެމްބަރ 2018 ( އާދީއްތަ )

banner

އޭއީސީގެ ޕްރިންސިޕަލްގެ މަގާމަށް އަބްދުއްލަތީފް މުހައްމަދު

ޏ.އަތޮޅު ތައުލީމީ މަރުކަޒު(ޏ.އޭއީސީ) ޕްރިންސިޕަލްގެ މަގާމަށް އަބްދުއްލަތީފް މުހައްމަދު ހަމަޖައްސަވައިފާވާ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ. ގައުމީ ޔުނިވަރސިޓީގެ އޮޕެން ލާރނިން ސެންޓަރގެ ލެކްޗަރަރ އެއްގެ މަގާމު ފުރަމުންދާ އަބްދުއްލަތީފް މުހައްމަދު ވަނީ ނޮޓިނަމް ޔުނިވަރސިޓީއިން ސްކޫލް މެނޭޖްމަންޓް ގެ ދާއިރާއިން މާސްޓަރސް ހައްދަވާފައިވާ ބޭފުޅެކެވެ.

އަބްދުއްލަތީފް މުހައްމަދު ވަރަށް އަވަހަށް ފުވައްމުލަކަށް ވަޑައިގެން ސްކޫލާއި ހަވާލުވެ ލައްވާނެ ކަަމަށް މިކަލް ނޫހަށް މައުލޫމާތުލިބެއެވެ. އަބްދުއްލަތީފް މުހައްމަދު ގެ އަބިކަނބަލަކީ ފުވައްމުލަކު ހޯދަނޑު ބޭކަނބަލެކެވެ. މިވަގުތު އޭއީސީ އާއި ހަވާލުވެ ވަޑައިގެން ހުންނެވީ ޑެޕިއުޓީ ޕްރިންސިޕަލް ޝަހުމާ އެވެ. އެއީ ކުރީގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު މަޖީދިއްޔާ ސްކޫލަށް މިމަހު 5 ވަނަ ދުވަހު ކުއްލި ގޮތަކަށް ބަދަލު ކުރުމާއި ގުޅިގެންނެވެ.

banner

ކިޔުންތެރިންގެ ޚިޔާލު