17 ނޮވެމްބަރ 2018 ( ހޮނިހިރު )

banner

އެމްޖޭއެމް، ހޭޒް އަދި އެފްއެސް ގެ ޕްރިންސިޕަލުންވެސް ބަދަލު ކޮށްފި

ފުވައްމުލަކުގައި ހިންގާ ޕްރައިމަރީ ތިން ސްކޫލް ކަމަށްވާ މަދަރުސަތުއް ޝައިޚް މުހައްމަދު ޖަމާލުއްދީން (އެމްޖޭއެމް)، ހާފިޒު އަހުމަދު ސްކޫލް (ހޭޒް) އަދި ފުވައްމުލަކު ސްކޫލް (އެފްއެސް) ގެ ޕްރިންސިޕަލުންވެސް ބަދަލުކޮށްފިއެވެ.

އެމްޖޭއެމްގެ ޕްރިސިޕަލަކަށް އައްޔަން ކޮށްފައިވަނީ އެފްއެސްގެ ޕްރިސިޕަލްގެ މަގާމު އަދާކުރަމުންދިޔަ ހަސަން ޒަރީރެވެ. އަދި ހޭޒްގެ ޕްރިންސިޕަލަކަށް ހަމަޖައްސާފައިވަނީ އެމްޖޭއެމްގެ ޕްރިންސިޕަލްގެ މަގާމު ފުރަމުންދިޔަ އާރިފާ އަބްދުލްމަޖީދެވެ. އަދި އެފްއެސް ގެ ޕްރިންސިޕަލަކަށް ހަމަޖައްސަވާފައިވަނީ އެސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ފުރަމުންދިޔަ އީނާސް އެވެ.

ފުވައްމުލަކުގެ ތިން ޕްރައިމަރީ ސްކޫލްގެ ޕްރިންސިޕަލުންނަށް މިގެނެވުނު ބަދަލާއިއެކު ފުވައްމުލަކުގައި ސަރުކާރުން ހިންގާ ހަތަރު ސްކޫލްގެ ޕްރިންސިޕަލުން ބަދަލުވީއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު