28 މެއި 2020 ( ބުރާސްފަތި )

banner

އެބޯލާ ވައިރަހުން ދިފާޢުކޮށްދޭ ވެކްސިނެއް އުފައްދައިފި

އެބޯލާ ވައިރަސް އަށަގަތުމުން ދިފާޢުކޮށްދޭ ވެކްސިނެއް ސައިންސްވެރިން އުފައްދައިފިއެވެ.
ރާމާމަކުނު ބޭނުންކޮށްގެން ހެދި ތަޙުލީލުތަކަކުން ދައްކާގޮތުގައި، މިވެކްސިން ދިނުމުން “ދިގު މުއްދަތަކަށް” އެސޮރުމެން އެބޯލާ ވައިރަހުން ދިފާޢުކޮށްދޭނެއެވެ. މި ހޯދުމާ ގުޅިގެން، އިންސާނުންނަށް ދިނުމަށް މިވެކްސިން ތަރައްޤީކުރެވޭނެ ކަމުގެ އުއްމީދުވަނީ އާވެފައެވެ.
އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ކުރި މި ތަޙްލީލުން ދައްކާ ގޮތުގައި މިވެކްސިން ބޭނުންކުރުމުން އެންމެ މަދުވެގެން 10 އަހަރުވަންދެން އެބޯލާ ވައިރަހުން ދިފާޢުކޮށްދޭނެއެވެ.
ރާމާމަކުނު ބޭނުންކޮށްގެން ހެދި ތަޙްލީލު ކާމިޔާބުވުމާގުޅިގެން، އިންސާނުން ބޭނުންކޮށްގެން މި ތަޙްލީލުކުރުމަށް އެމެރިކާ އާއި، އިނގިރޭސިވިލާތާއި އެފްރިކާ އިން ވަނީ މިހަފްތާގައި ފަށާފައެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހާމަކުރިގޮތުގައި ހުޅަނގު އެފްރިކާގައި އެބޯލާ ބަލިމަޑުކަން ފެތުރެން ފެށިފަހުން 2000 އަށްވުރެ ގިނަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ.
އެބޯލާ ފެތުރުނަ ނުދިޔުމަށް ތަފާތު އެކިއެކި ތަޙްލީލީ ފަރުވާ މިހާތަނަށް ވަނީ ދެވިފައެވެ. އޭގެތެރޭގައި އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީސަސް އާއި ބޭސް އުފައްދާ ކުންފުނި ގްލަކްސޯސްމިތްކްލައިން ގުޅިގެން ތަރައްޤީކުރާ ވެކްސިން ހިމެނެއެވެ.
ޚަބަރު: ބީބީސީ


ކިޔުންތެރިންގެ ޚިޔާލު