A wide advertisement which will be shown on all devices. (700 x 100)

ބަދަރުގައި އަޅާފައި ހުރި ބޭނުން ނުކުރާ އުޅަނދުފަހަރު ނައްތާލަނީ

ފުވައްމުލަކު ބަނދަރު. ފޮޓޯ: ނިޖާހް- 2018

ފުވައްމުލަކު ބަދަރުގައި އަޅާފައި ބޭނުން ނުކޮށް ގިނަ ދުވަސް ވެފައި ހުންނަ އުޅަނދު ފަހަރު ނައްތާލުމުގެ މަސައްކަތް ކުރާނެ ކަން ފުވައްމުލަކު އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ.

އަތޮޅު ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބޭނުން ނުކޮށް ގިނަ ދުވަސް ވެފައި ހުންނަ އުޅަނދު ފަހަރު ނައްތާލުމުގެ މަސައްކަތް ފެބުރުވަރީ މަހު ގެ1 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެކަމަށެވެ. އަދި އެފަދަ އުޅަނދުތައް ނެގުމަށް ވެސް އެ އިއުލާނުގައި ދަންނަވާފައި ވެއެވެ.

އެފަދަ އުޅަނދުފަހަރު ނަގަން އިއުލާންކޮށްފައިވަނީ، ފުވައްމުލަކު ބަނދަރުގައި އަޅާފައިވާ ދަތުރު ނުކުރާ ގިނަ ޒަމާން ތަކެއް ވެފައިވާ އުޅަނދުފަހަރާއި އަދި މަހަށް ނުފުރާ މަސްދޯނި ބޮއްކުރާ ފަދަ އުޅަނދުތައް ބަނދަރުގައި އަޅާފައި ތިބުމުގެ ސަބަބުން ދަތުރުފަތުރު ކުރާ އުޅަނދުފަހަރަށް ބަދަރު ބޭނުން ކުރުމުގައި ދަތިތަކާއި ކުރިމަތި ވަމުން ދާތީ ކަމަށެވެ.

އަންނަ ފެބުރުއަރީ އަންނަ ދުވަހާއި ހަމައަށް ނުނަގާ ހުންނަ އެފަދަ އުޅަނދުފަހަރު ބަދަރުން ނަގާ ނައްތާލުމުގެ މަސައްކަތް އެއިދާރާއިން ކުރާނެ ކަމަށްވެސް އެއިއުލާނުގައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !