A wide advertisement which will be shown on all devices. (700 x 100)

ބެލެނިވެރިކަމުގެ ހުނަރާއި ގުޅޭ މައުލޫމާތު ބެލެނިވެރިންނަށްދީފި

ބެލެނިވެރިކަމުގެ ހުނަރުގެ މަޢުލޫމާތު ބެލެނިވެރިންނަށް ދިނުމުގެ ބައްދަލުވުން، ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

ބެލެނިވެރިންނަށް ބެލެނިވެރިކަމުގެ ހުނަރާއި ގުޅޭ މަޢުލޫމާތު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް ދީފިއެވެ. ރޭ 20:00 އިން ފެށިގެން 23:00 އަށް ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ބޭއްވި މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ގާތްގަނޑަކަށް 450 އަށް ވުރެ ގިނަ ބެލެނިވެރިން ބައިވެރި ވެފައިވެއެވެ. ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް ބެލެނިވެރިކަމުގެ ހުނަރާއި ބެހޭ މައުލޫމާތު ރޭ ދީފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިންތިޒާމްކޮށް ގެން މިދިޔަ ބުރާސްފަތި ދުވަހު ފެށުނު ރެޑީ ކޭމްޕްގެ ބައެއްގެ ގޮތުގައި ހިމަނައިގެނެވެ.

މިބައްދަލުވުމުގައި ބެލެނިވެރިންނަށް މަޢުލޫމާތު ދީފައި ވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ ހޭންޑް އިން ހޭންޑް ގެ ތަޖުރިބާކާރު މުދައްރިބުންނެވެ. ފުވައްމުލަކުގައި ކުރިޔަށް ގެންދިޔަ ބެލެނިވެރިކަމުގެ ހުނަރުތައް އުގަންނައި ދިނުމުގެ މި ޕްރޮގްރާމަކީ އެންމެ ތަރުހީބު ބޮޑު ޕްރޮގްރާމް ކަމުގައި ފުވައްމުލަކުގައި ހުރި ޕޮލިސް މީޑިއާގެ ނޫސްވެރިޔާ މަޢުލޫމާތު ދީފައި ވެއެވެ.

މިބައްދަލުވުމުގައި ދީފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި، ކުއްޖާ ކުޑަ އިރުން ފެށިގެން ސްކޫލު ނިންމުމަށްފަހު މުޖުތަމައަށް ނުކުތުމާ ހަމައަށް ބެލެނިވެރިން ވިސްނަންޖެހޭ ކަންތައްތައް ހިމެނެއެވެ. މިގޮތުން ކުޑަކުއްޖާ އަށް ތުއްތު އިރުން ފެށިގެން ދަސްކޮށްދޭން ޖެހޭ އަދަބުތަކާއި ބޭރުތެރެއަށް ނުކުމެ އުޅެން ޖެހޭ އިރު ހިފަހައްޓަން ޖެހޭ އަދަބުތަކުގެ އިތުރުން އާންމު ދިރިއުޅުމުގައި އުޅޭއިރު ކުދިންނަށް ދަސްކޮށްދޭންވީ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުންނަށް އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަސްކޮށްދިނުމާއި ދަރިވަރުންނަށް އެކިއެކި ޙާލަތްތަކުގައި ކުރިމަތިވާ ނުތަނަވަސްކަމާއި ގޯނާތައް ދެނެގަތުމުގައި ބެލެނިވެރިންނަށް ޢަމަލުކުރެވިދާނެ ގޮތްތަކުގެ މަޢުލޫމާތުވެސް ދެވިފައި ވެއެވެ. މިއާއެކު އިސްލާމީ ރިވެތި އަދަބުތަކެއްގެ މަތީގައި ސިފަވަންތަ ކުއްޖެއްގެ ގޮތުގައި މުޖުތަމަޢަށް ނެރެދިނުމަށް ކުރަންޖެހޭ މަސައްކަތުގައި ބެލެނިވެރިންގެ ދައުރާއި، ކުދިންގެ މުސްތަޤުބަލަށް އަނދިރިކަމެއް އަދި ނުތަނަވަސްކަން ކުރިމަތިވާނެ ކަމެއް ވިޔަ ނުދިނުމަށް އެޅިދާނެ މުހިއްމު ފިޔަވަޅުތަކާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ.

ރެޑީ ކޭމްޕަކީ 2013 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެކި އަތޮޅުތަކުގައި ފުލުހުން ބާއްވަމުން އަންނަ ކޭމްޕެކެވެ. ފުވައްމުލަކުގައި ބޭއްވޭ މި ކޭމްޕަކީ ރެޑީ ކޭމްފުގެ 9 ވަނަ ކޭމްޕެވެ. ފުވައްމުލަކުގައި ބޭއްވި މި ކޭމްޕުގައި 80 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރި ވެފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !