22 ނޮވެމްބަރ 2018 ( ބުރާސްފަތި )

banner

ފުވައްމުލަކު ރައްޔިތުންނާއި އެކު ޕީޕީއެމްގެ އިސްބޭފުޅުން

ފުވައްމުލަކު ގިނަ ބަޔަކު މިއަދުގެ މުޒާހަރާ އަށް މާލެ އަށް

ޕީޕީއެމް އިން ބާއްވާ މުޒާހަރާ އަށާއި އެޕާޓީގެ ޖަލްސާއަކަށް މިއަދު އާއި ރޭގެ ވަގުތެއްގައި ފުވައްމުލަކު ގިނަ ބަޔަކު މާލެ ހިނގައްޖެއެވެ.
އެއާރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފަކު ބުނިގޮތުގައި ރޭގެ ވަގުތެއްގައިވެސް ޗާޓަރ ފުލައިޓެއް އަދި މިއަދުވެސް ޗާޓަރ ފުލައިޓެއްގައި ގިނަ ބަޔަކު މާލެ ގޮސްފައިވާ ކަމަށެވެ.
ފުވައްމުލަކުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ އިސްއެކްޓިވިސްޓަކު ބުނިގޮތުގައި ސަރުކާރަށް ތާއީދު ކުރާކަން ހާމަކުރުމާއި އެމްޑީޕީ އާއި ޖޭޕީ އިން ކުރަމުންދާކަންތައްތައް ކުއްވެރިކުރުމަށް ގޮވާލާ ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް ގިނަ ބަޔަކު ދާނެކަމަށެވެ. ނަމަވެސް ދާނީ ކިތައް މީހުންކަމެއް ނުބުނެއެވެ. އަދި ފުވައްމުލަކުން މިއަދާއި ރޭ ފުރާފައިވަނީ ކިތައްމީހުން ކަމެއް ސާފެއް ނުވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު