A wide advertisement which will be shown on all devices. (700 x 100)

ޑްރަގް ކޯޓުން ފުވައްމުލަކު މީހަކު ހޯދަނީ

ކ-ވ:ޤުރައިޝާ ޢަބްދުލްވާޙިދު، އަޙްމަދު ނިޝާމް، ޢަބްދުﷲ އަޙްމަދު ވަސީމް އަދި ޢަދުލީ މުޙައްމަދު

ޑްރަގް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ފުވައްމުލަކު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ހަތަރު މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ. އަދި މިމީހުން ހޯދަމުންދަނީ، މި މީހުން ބަންދުކުރުމަށްފަހު އެކަން ޑްރަގް ކޯޓަށް އަންގައި، ޑްރަގް ކޯޓަށް ހާޟިރުކުރެވެންދެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބަންދުގައި ބޭއްތިއްބުމަށް ފުލުހުންގެ މައްޗަށް ޑްރަގް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެންކަމަށެވެ.
ޑްރަގް ކޯޓްގެ މިއަމުރާގުޅިގެން ފުލުހުން ހޯދަމުންދަނީ ޏ. ފުވައްމުލައް، ގުލޭނޫރަންގެ އަޙްމަދު ނިޝާމް 26 އަހަރުއެވެ.
މީގެ އިތުރުން އިތުރު އިތުރު ތިން މީހަކުވެސް ހޯދުމަށް ކޯޓުން އަންގާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެތިން މީހުންނަކީ ތ. ތިމަރަފުށި، އިރުވައިގެ ޤުރައިޝާ ޢަބްދުލްވާޙިދު (30އ) އާއި ރ. ކަނދޮޅުދޫ، ބާރޑްވިލާ ޢަބްދުﷲ އަޙްމަދު ވަސީމް 26 އަހަރުގެ އިތުރުން މ. މަޑުއްވަރީ، ކޮކުނެޓްވިލާ ޢަދުލީ މުޙައްމަދު 32 އަހަރު އެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ. އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !