28 މެއި 2020 ( ބުރާސްފަތި )

banner

ކަސްރަތު މުބާރާތް ފެށުމުގެ ކުރިން ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުއްޓިލައިގެން، ފޮޓޯ:ފޭސްބުކް، އެތްލެޓިކްސް އޮފް ފުވައްމުލައް

އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް ގައި ފުވައްމުލަކު ހަތަރު ސްކޫލް ވާދަކުރަނީ

މި މާރޗް މަހުގެ 24-27 އަށް ގދ. ތިނަދޫގައި ބާއްވާ މަކީޓާ 8 ވަނަ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު ފުވައްމުލަކު ހަތަރު ސްކޫލުން ބައިވެރިފައިވެއެވެ. އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގައި ރަން ވަނަތަކެއް ހޯދަމުން އަންނަ ފުވައްމުލަކު ސްކޫލްތަކުގެ ތެރެއިން މި މުބާރާތުގައި ބައިވެރިވެފައިވަނީ ހާފިޒް އަޙްމަދު ސްކޫލް، މަދުރަސަތުލް ޝައިޚް މުޙައްމަދު ޖަމާލުއްދީން، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ފުވައްމުލަކު ސްކޫލް އެވެ. މިމުބާރާތް ކުރިޔަށް ދާނީ އަންހެން ފިރިހެން ވަކިން 13 އަހަރުން ދަށް، 16 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާއަށް ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބުންޏެވެ.

ފުވައްމުލަކު ހަތަރު ސްކޫލުގެ އިތުރުން މި މުބާރާތުގައި ބައިވެރިވެފައި ވަނީ ތ. ވިލުފުށީ ސްކޫލް، ހުވަދޫ ސްކޫލް (ފަރެސް މާތޮޑާ)، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު އިސްދަރިވަރުން، ގދ. އަތޮޅު މަދަރުސާ، ކޭ ވައި ސްޕޯޓްސް އެކަޑަމީ، އަބޫބަކުރު ސްކޫލް (ގދ. ތިނަދޫ)، މަޑަވެލި ސްކޫލް، ޝަރަފުއްދީން ސްކޫލް (އައްޑޫ)، ތިނަދޫ ޒުވާނުންގެ ކްލަބް، ތިނަދޫ ސްކޫލް، ހިތަދޫ ސްކޫލް، ބިލަބޮންގ ހައި އީޕީއެސް އިންޓަރނޭޝަނަލް ސްކޫލެވެ.


ކިޔުންތެރިންގެ ޚިޔާލު