29 މެއި 2020 ( ހުކުރު )

banner

ފުވައްމުލަކަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވާ މަސްތުވާތަކެތި. ފޮޓޯ:މޯލްޑިވްސް ޕޮލިސް ސަރވިސް

މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކަނޑުމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައަކާއި ގުޅިގެން މަސްތުވާ ތަކެއްޗާއިއެކު ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު 21 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެގޮސްފައިވަނީ ފުލުހުންގެ އިދާރާއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މާރޗް މަހުގެ 3 ވަނަ ދުވަހުގެރޭ 19:45 ހާއިރު ފުވައްމުލަކަށް އައި މުދާއުފުލާ ބޯޓަކަށް އެއްޗެއް ބަލާގޮސް ހުއްޓައެވެ. އޭނާއާއި އެކު އޭނާ ބަލާދިޔަ ދެ ފޮށިގަނޑު ބަލައިފާސްކުރިއިރު އެތަނުން އެއް ފޮށި ގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ހާމަކުރެއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 24 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިމައްސަލައާ ގުޅުންހުރިކަމަށް ތުހުމަތުކުރެވިގެން ކޯޓު އަމުރެއްގެ ދަށުން މި މާރޗް މަހުގެ 3 ވަނަ ދުވަހުގެރޭ 22:53 ހާއިރުއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދެމީހުންގެ ތެރެއިން 21 އަހަރުގެ މީހާއަކީ ޑްރަގް ކޯޓުން ކޮށްފައިވާ ރިހިބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާއަށް ދޫކޮށްލާފައިވާ މީހެކެވެ. އަދި އޭނާއަކީ މަސްތުވާތަކެތީ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ. 24 އަހަރުގެ މީހާއަކީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލައެއްގެ ރެކޯޑްސް އޮންނަ މީހެކެވެ.

މި މައްސަލަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު