A wide advertisement which will be shown on all devices. (700 x 100)

ދެކުނު ސަރަހައްދުގެ ވިޔަފާރި ކުރިއަރުވާ މަރުކަޒު ހުޅުވައިފި

ފުވައްމުލަކާއި އައްޑޫސިޓީ އަށް އަމާޒުކޮށްގެން އައްޑޫސިޓީގައި ގާއިމްކުރި ބިޒިނަސް ޑެވެލޮޕްމަންޓް ސެންޓަރ ރަސްމީކޮށް ހުޅުވުމަށް އިއްޔެ އައްޑޫސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ:މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް

ފުވައްމުލަކާއި އައްޑުސިޓީއަށް އަމާޒުކޮށްގެން އިކޮނޮމިކް މިނިސްޓްރީ އިން އައްޑޫސިޓީގައި ގާއިމްކުރި ބިޒިނަސް ޑެވެލޮޕްމަންޓް ސަރވިސް ސެންޓަރ ރަސްމީކޮށް އިއްޔެ ހުޅުއްވައިދެއްވައިފިއެވެ. ވިޔަފާރިތައް ތަރައްގީކުރުމުގެ ޚިދުމަތްދޭ މަރުކަޒު ރަސްމީކޮށް އިފުތިތާހުކޮށް ދެއްވީ އޭޑީބީގެ އެގްޒެކެޓިވް ޑިރެކްޓަރ ސާމީ ސައީދެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ގާއިމުކޮށްފައިވާ އެ މަރުކަޒު ހުޅުވުމަށް އިއްޔެ ހަވީރު ކައުންސިލް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީތެރިކަމާ އެކު ރާއްޖޭގެ އަށް ސަރަހައްދެއްގައި ވިޔަފާރި ކުރިއަރުވާ މަރުކަޒުތައް ގާއިމު ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ އެމަރުކަޒަކީ ދެ ޖިންސްގެ ޒުވާނުންނާއި ހާއްސަކޮށް އަންހެނުން ވިޔަފާވެރި ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މަރުކަޒުތަކެއް ކަމަށެވެ.

އޭޑީބީ އިން ރާއްޖޭގައި ކުރިއަށް ގެންދާ ބޮޑު ދެ ޕްރޮޖެކްޓްގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން އެހީތެރިވެދޭ ޕްރޮޖެކްޓަކީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށް އޭޑީބީގެ އެގްޒެކެޓިވް ޑިރެކްޓަރ ސާމީ ސައީދު ވިދާޅުވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !