ބަނގުރާކަމަށް ޝައްކުކުރެވޭ ތަކެއްޗާއިއެކު އެތަކެތި ބޭނުން ކުރިކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކާއި 02 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ 8:55 ހާކަށްހާއިރު ފުވައްމުލަކު ރެސްޓޯރެންޓެއްގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނީ 17 އަހަރުގެ ކުއްޖަކާއި 19 އަހަރާއި 20 އަހަރުގެ ފިރިހެނުންނެވެ.
ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ފުލުުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފުވައްމުލަކު ރެސްޓޯރެންޓެއްގެ ތެރޭގައި ތިއްބައި ކަމަށާއި އެ މީހުން ތިބިތަން ބަލާ ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ ފުޅިއެއް ވަނީ ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 03 މީހުން ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން 20 އަހަރު އަދި 19 އަހަރުގެ މީހާގެ ބަންދަށް 07 ދުވަސް އަދި ކުޑަކުއްޖާގެ ބަންދަށް 03 ދުވަސް ވަނީ ދީފައެވެ. މިމައްސަލަ ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަަނުން ދަނީ ތަހުޤީޤުކުރަމުންނެވެ.
ޚިޔާލުތައް