ދުނިޔާގެ އެކިކަންކޮޅުގައި ފާހަނގަކުރާ ޑައުންސިންޑްރޯމް ދުވަހުގެ މުނާސަބަތުގައި ހާފިޒް އަހްމަދު ސުކޫލާއި، ދިވެހި ރެޑް ކްރެސެންޓް ޏ.ބްރާންޗް ގުޅިގެން ބައިސްކަލް ބުރެއް އިއްޔެ ބާއްވައިފިއެވެ.
އިއްޔެ ހަވީރު ހާފިޒް އަހްމަދު ސުކޫލް އިން ފެއްޓި ބައިސްކަލް ބުރު ފުވައްމުލަކު ބޮޑެތި ބައެއް މަގުތަކުގައި ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މިހަރަކާތުގައި ހާފިޒް އަހްމަދު ސުކޫލްގެ ހާއްސަ އެއީއަށް ބޭނުންވާ ކުލާހުގެ ދަރިވަރުންނާއި ދިވެހި ރެޑް ކްރެސެންޓް ޏ.ބްރާންޗްގެ ވޮލަންޓިއަރުންނާއި، ސަދަން ސުކައުޓް ގުރޫޕްގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.
ބައިސްކަލް ބުރުގައި ދުވަހާއި ގުޅޭ ޝިއާރުތަކާއި ހޭލުންތެރި ކުރުމުގެ މެސެޖްތައްދީފައިވެއެވެ.
+1
+1
ޚިޔާލުތައް