A wide advertisement which will be shown on all devices. (700 x 100)

ޏ.އަތޮޅު ތައުލީމީ މަރުކަޒުން މަސައްކަތު ދުވަހެއް ފާހަނގަކޮށްފި

އޭއީސީގެ ދަރިވަރުންތަކެއް. ފޮޓޯ: އޭއީސީ ފޭސްބުކް ޕޭޖް

ރިޝްފާ އަބްދުﷲ

ފުވައްމުލަކުގެ ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ 2015 ވަނަ އަހަރުގެ މަސައްކަތު ދުވަސް ފާހަގަކޮށްގިނަ އަދަދަކަށް ފައިސާ ހޯދައިފިއެވެ.

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މިހަރަކާތުގައި ބައިވެރިވެފައިވަނީ އެ ސްކޫލްގައި ތައުލީމު ހާސިލްކުރަމުން ގެންދާ ގްރޭޑް 10،9 އަދި 11ގެ ދަރިވަރުންނެވެ. މަސައްކަތު ދުވަހުގައި ބައިވެރިވި ދަރިވަރަކު ބުނިގޮތުގައި އިއްޔެގެ މަސައްކަތުން ސުކޫލަށް 40000 އަށްވުރެ ގިނަ ރުފިޔާ ލިބުނުކަމަށެވެ.

މި ހަރަކާތް ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނު 8:00 އިން މެންދުރު ފަހު 2:00 ގެ ނިޔަލަށެވެ. މި ހަރަކާތުން ލިބޭ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށާއި، އަދި ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ ހަރަކާތްތަކަށް ސްކޫލްތަކުގައި ހުރި އެކި ވަސީލަތްތަކުގެ ފެންވަރު ރަގަޅު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !