16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

އައިއޯއައި ގޭމްސް ގައި ވާދަކުރުމަށް ނެގި ގައުމީ ކަސްރަތު ސްކޮޑުގައި ފުވައްމުލަކުގެ އެތުލީޓެއް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރުމަށް ދިވެހިރާއްޖެއިން އެކުލަވާލި ގައުމީ ކަސްރަތު ސްކޮޑުގައި ފުވައްމުލަކު އެތުލީޓެއް ހިމެނިއްޖެއެވެ. ފުވައްމުލަކުގައި ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ ގައުމީ ކަސްރަތު ސްކޮޑުގައި ހިމެނިފައިވަނީ މިދިޔަ މާރޗް މަހު ނިމުނު މަކިޓާ 8 ވަނަ މަކީޓާ އެޓޯލް އެތުލެޓިކްސް ޗެމްޕިއަންޝިޕުން ފާހަގަކުރެވުނު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އިބްރާހިމް އަޝްފާން އަލީއެވެ.

އަޝްފާނާއިއެކު މި ސްކޮޑުގައި ހިމެނެނީ ޖުމްލަ 11 އެތުލީޓުންނާއި 4 އޮފިޝަލުންނެވެ. މިޓީމު މިރޭ ފުވައްމުލަކަށް ފުރާނެ ކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އޮންނާނީ ރީޔުނިއަން އައިލެންޑްގައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު