A wide advertisement which will be shown on all devices. (700 x 100)

އަމީނިއްޔާއަށް ގެއްލުންވެދާނެ ކަމަށް ބުނެ ޕްރިންސިޕަލް އާތިޔާ ވަޒީފާއިން ވަކިކޮށްފި

އާމީނިއްޔާ ސުކޫލްގެ ހަރަކާތެއްގައި އާތިޔާ ބައިވެރިވަނީ. ފޮޓޯ: އާތިޔާ ފޭސްބުކް ޕޭޖް

އަމީނިއްޔާ ސުކޫލަށް ގެއްލުންވެދާނެ ކަމަށް ބުނެ އެސުކޫލްގެ ޕްރިންސިޕަލް ފުވައްމުލަކު ހަޒާރުމާގެ އައިޝަތު އާތިޔާ ނަސީރު މިމަހު 13 ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފިއެވެ.

އާތިޔާ ނަސީރު ވަޒީފާއިން ވަކިކޮށްފައިވާ ޗިޓްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ސިޓީއަރކުން އެދިވަޑައިގެންފައިވާ ފަދައިން އާތިޔާ ސުކޫލްގައި އިތުރަށް ބެހެއްޓުމުން އެތަނަށް ގެއްލުން ވެދާނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެދިލައްވާފައިވާތީވެ، ދިވެހި ސިވިލް ސާރވިސްގެ ގަވާއިދު 2014ގެ 273 ވަނަ މާއްދާ (ނ) އަށް ރިއާޔަތްކޮށް ދިވެހި ސިވިލް ސާރވިސް ގާނޫނުގެ 47 ވަނަ މާއްދާގެ (ނ)ގެ 3 ވަނަ ނަންބަރުގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

ސިވިލް ސާރވިސްގެ ގަވާއިދު 2014ގެ 273 ވަނަ މާއްދާ (ނ) ގައި ބުނެފައިވަނީ “ވަޒީފާއަދާކުރާ މާހައުލުގައި ނުރައްކާތެރި އަމަލެއް ނުވަތަ ހަމަނުޖެހުމެއް ހިންގުން ނުވަތަ އެފަދަ ކަމެއް ކޮށްފާނެ ކަމުގެ އިންޒާރުދިނުން” ކަމަށެވެ.
އާތިޔާ ނަސީރު ވަޒީފާ އިން ވަކިކޮށްފައިމިވަނީ ސުކޫލްތަކުގެ ޕްރިންސިޕަލުންތައް އެހެން ސުކޫލްތަކަށް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ. އާތިޔާ ނަސީރު ކުރިން ފުވައްމުލަކު ހާފިޒް އަހްމަދު ސުކޫލްގައިވެސް ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވެއެވެ. އަދި އަމީނިއްޔާ ސުކޫލްގައި މަސައްކަތްކުރައްވާތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !