18 ނޮވެމްބަރ 2018 ( އާދީއްތަ )

banner

މޫދަށް އެރިއުޅެނިކޮށް ގެއްލިގެން ހޯދާ ޚާލިދު ޔޫސުފް. ފޮޓޯ: ޚާލިދު ޔޫސުފް ފޭސްބުކް ޕޭޖް

ގެއްލިގެން ހޯދާ ޑޮކްޓަރ ތިން ދުވަސްވީއިރުވެސް ނުފެނޭ

ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ އެތެރެހަށީގެ ހާއްސަ ޑޮކްޓަރ ޚާލިދު ޔޫސުފް މޫދަށް އެރިއުޅިނިކޮށް ގެއްލިގެން ހޯދާތާ ތިންދުވަސް ވީއިރުވެސް އަދިވެސް ނުފެނެއެވެ.

މިދިޔަ އާދީއްތަ ދުވަހު ހަވީރުގެ ވަގުތެއްގައި މާނޭރެ އަށް މޫދަށް އެރިއުޅެނިކޮށް ގެއްލުނު ޑޮކްޓަރު ތިންދުވަސްވީއިރުވެސް އަދިވެސް ނުފެނެއެވެ. ޑޮކްޓަރ ހޯދުމުގެ މަސައްކަތް މިހާރުވެސް މެދު ނުކެނޑި ކުރިއަށް އެބަގެންދެއެވެ. އާދީއްތަ ދުވަހު ހަވީރު ޑޮކްޓަރ ގެއްލުމާއި އެކު ހޯދުމުގެ މަސައްކަތް ޑައިވަރުންގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެރޭ ދެ ދޯންޏެއްގައި ކަނޑުގެ ސަރަހައްދު ބަލާފައިވެއެވެ. ނަމަވެސް ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން ދޯނީގައި ޑޮކްޓަރ ހޯދުމުގެ މަސައްކަތަށް ހުރަސް އެޅިފައިވެއެވެ.

ރޭގެ ވަގުތެއްގައި މާނޭރެ ސަރަހައްދުން އޮޔާދިޔަ އެއްޗެއް އެސަރަހައްދުގައި އޭރު ތިބި ބަޔަކަށް ފެނިފައިވެއެވެ. މަންޒަރު ދުށް މީހަކު ބުނިގޮތުގައި ރޭގަނޑުގެ ވަގުތުކަމުން އެއީ ކޮންއެއްޗެއްކަން ސާފުވާގޮތެއް ނުވިކަމަށާއި އަދި އެފެނުނު އެއްޗެއް ނެރާއި ދިމާލުން ބޭރަށް އޮޔާއި އެކު ގޮސްފައިވާކަމަށެވެ. އަދި ރޭވެސް ބައެއް ޑައިވަރުން އެސަރަހައްދުގައި ފީނާއި ހޯދާފައިވެއެވެ. އެސަރަހައްދުގައި ހަރަކާތްތެރިވި ބައެއް މީހުން ބުނާގޮތުން އެއީ ގެއްލިގެން ހޯދާ ޑޮކްޓަރުގެ ހަށިގަނޑު ކަމަށް ލަފާކުރެވޭ ކަަމަށެވެ. ސަބަބެއް ކަމަށް ބައެއް މީހުން ބުނަނީ އެސަރަހައްދުގެ ރާޅާއި އޮއި ހުރި ގޮތުންނެވެ.

ޑޮކްޓަރު ގެއްލުނު ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް އެމްއެންޑީއެފްގެ ޑައިވަރުންނާއި ފުވައްމުލަކު ޒުވާނުން ގުޅިގެން އެސަރަހައްދުގެ ކަނޑުގެ އަޑިއާއި އަތިރިމަތީ ސަރަހައްދުތައް ބަލަމުން ގެންގޮސްފައިވެއެވެ.

ޑރ. ޚާލިދު ޔޫސުފް އަކީ ޕާކިސްތާން ރައްޔިތެކެވެ. އޭނާ ގެއްލުމުގެ މިހާދިސާ ހިގުމާއި ގުޅިގެން އޭނާގެ އާއިލާ ބަޔަކު ފުވައްމުލަކަށް އައިސްފައިވެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު