A wide advertisement which will be shown on all devices. (700 x 100)

ހޯދަޑު ޢީދު ކުޅިވަރު 1436

ހޯދަޑު ޢީދު ކުޅިވަރުގެ ތެރެއިން. ފޮޓޯ:ހުސެއިން ރިޒާ، ފޭސްބުކު

ފިޠުރު ޢީދާއެކު ހޯދަޑު އަވަށުން ވަނީ “ހޯދަޑު ޢީދު އުފާ 1436” ގެ ނަމުގައި މިއަހަރުގެ ޢީދު ކުޅިވަރުތައް ފަށާފައެވެ. ހޯދަޑުއަވަށުގެ ޢީދުކުޅިވަރތައް އިންތިޒާމު ކުރާ އިސްފަރާތެއް ކަމަށްވާ އިބްރާހިމް ސަޢީދު މިކަލް ނޫހަށް މަޢުލޫމާތު ދިން ގޮތުގައި ޢީދުގެ ތިން ދުވަހަށް ރާވާއިލައިގެން ކުރިޔަށް ގެންދެވޭ ކުޅިވަރުތައް އިއްޔެ ވަނީ ފެށިފައެވެ.

މިކުޅިވަރުތައް ކުރިޔަށް ދަނީ ހޯދަޑު އަވަށުގެ ޒުވާނުން 4 ޓީމަށް ބަހާލައިގެން މުބާރާތެއްގެ ގޮތުގައެވެ. ޢީދު ކުޅިވަރުތަކުގެ ތެރޭގައި ފުޓްސަލް، ބަށި، ވޮލީބޯޅަ، ގޯނިރޭސް، އަދި ޓާސްކް ރިލޭ ހިމެނެއެވެ. މިއިން ކޮންމެ ކުޅިވަރެއްގައި ވެސް ދެޖިންސުގެ ޒުވާނުން ބައިވެރިވެއެވެ.

“ޓާސްކް ރިލޭއަކީ ވަރަށް ފޯރިގަދަވާނެ ކުޅިވަރެއް. ޓާސްކް ރިލޭ އޮންނާނީ ޢީދުގެ ފަހު ދުވަހު. އެރިލޭގައި ކޮންމެ ޓީމަކުން ވެސް 10 ބައިވެރިން ބައިވެރިވާނެ. މިރިލޭގެ ޓާސްކްތަކަކީ ސާޕްރައިޒެއް. ޓާސްކްތައް އެނގޭނީ އެކަމެއް ކުރާ ވަގުތު ޖެހުމުން” ސައީދު ކިޔައިދިނެވެ.

މިކުޅިވަރުތަކުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ކުރިޔަށް ގެންދެވޭ ވަރަށް ގިނަ ކުޅިވަރުތަކެއް ހިމެނޭކަމަށް ވެސް ސައީދު މަޢުލޫމާތު ދިނެވެ.

މިކުޅިވަރުތައް ކުރިޔަށް ދަނީ ހޯދަޑު ދެ ހަވިއްތަ ދެމެދުގައިވާ ހުސްބިމުގައެވެ. މިކުޅިވަރުތަކަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް ސާއިދު ހާމަކުރިއެވެ. އެގޮތުން ފާހަގަކުރީ ބޯވާރެއާއެކު ވެސް ކުޅިވަރުތައް ހުއްޓުމެއްނެތި ކުރިޔަށް ދަނީ ވަރަށް ފޯރީގައި ކަމަށާއި، މީގައި ހުރިހާ އުމުރެއްގެ މީހުން ވެސް ބައިވެރިވާ ކަމަށެވެ.

މިފަހަރުގެ ހޯދަޑުގެ ޢީދު ކުޅިވަރުތައް އިންތިޒާމު ކުރަނީ ހޯދަޑުގެ ޖަމްއިއްޔާއެއް ކަމަށްވާ ” ވެށި ނަލަ” ޖަމްއިއްޔާއާއި، ހޯދަޑުގެ މެދުހިސާބަށް ނިސްބަތްވާ ޕީއާރުއެސް (ޕެރިސް ރިކްރިއޭޝަން ސޮސައިޓީ) އާއި ހޯދަޑު ކައުންސިލް ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލަކުގައި މިފަހަރު ޢީދު ފާހަނގަ ކުރުމުގެ ގޮތުން އެހެން އަވަށްތަކުގައި ވެސް ފަރަށް ފޯރީއާއެކު ކުޅިވަރުތައް ކުރިޔަށް ދާކަމުގެ މައުލޫމާތު މިކަލް ނޫހަށް ވަނީ ލިބިފައެވެ. އެގޮތުން ދަޑިމަގު އަވަށުގައި ވެސް ވަރަށް ފޯރީގައި އީދު ކުޅިވަރުތައް ކލުޅުން ކުރިޔަށް ދެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !