16 އޮކްޓޯބަރ 2018 ( އަންގާރަ )

banner

ޙާފިޒް އަޙްމަދު ސްކޫލްގެ ދެ ޓީޗަރަކު އިތުރު ތަމްރީނާއި ތަޖުރިބާ ހޯދުމަށް އިންޑިއާއަށް

ޙާފިޒް އަޙްމަދު ސްކޫލްގެ، ހާއްސަ އެ ހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ދެ ޓީޗަރަކު އިތުރު ތަމްރީނާއި ތަޖުރިބާ ހޯދުމަށް އިންޑިއާ އަށް ފޮނުވުމަށް ފައިސަލް ފައުންޑޭޝަންގެ ފަރާތުން ނިންމަވައިފިއެވެ.

” މެއިން ސްޓރީމިން އޮފް ޗިލްޑްރެން ވިތް ސްޕެސިފިކް ނީޑްސް ” ގެ ނަމުގައި އަންނަ މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮންނަ މި ޓްރޭނިންގ ޕްރޮގުރާމްގައި،ޙާފިޒް އަޙްމަދު ސްކޫލުން ބައިވެރިވަނީ އެސްކޫލްގެ ހާއްސަ އެހީ ބޭނުންވާ ކުދިންނަށް، ކިޔަވައި ދިނުމަށް ގާއިމް ކުރެވިފައިވާ، ރެއިންބޯ ޔުނިޓްގެ ދެ ޓީޗަރުން ކަމުގައިވާ ނިޒުނާ އާދަމް/ރިޔާ އާއި އައިޝަތު ހައިދީ/ސެމީ އެވެ.

މީގެ އިތުރުން ފައިސަލް ފައުންޑޭޝަންގެ ފައުންޑަރ އަދި ކާށިދޫ ދާއިރާގެ މެމްބަރ ފައިސަލް ނަސީމް، ވަނީ މިދިޔަ ހޮނިހިރު ދުވަހު ޙާފިޒް އަޙްމަދު ސްކޫލްގެ ރެއިންބޯ ޔުނިޓްގައި ކިޔަވަމުންގެންދާ، ޙާއްސާ އެހީއަށް ބޭނުންވާ ކުދިންނާއި އެކުދިންގެ ބެލެނިވެރިނާއި ބައްދަލުކޮށްފައެވެ.

މި ބައްދަލު ވުމުގައި މިހާރު ރައްޔިތުންގެ މަޖްލީހުގެ އިޖްތިމާއީ ކޮމެޓީގައި އޮތް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިމުގެ ޤާނޫނަށް އިޞްލާހުގެނައުމުގެ ބިލަށް، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ މަޝްވަރާއާއި، ހިޔާލު ފައިސަލް ވަނީ ހޯއްދަވާފައެވެ.

ޙާފިޒް އަޙްމަދު ސްކޫލްގައި، ޙާއްސަ އެހީއަށް ބެނުންވާ ކުދިންނަށް ކިޔަވައި ދިނުމަށް މިދިޔަ އަހަރު ގާއިމް ކުރި ރެއިންބޯ ޔުނިޓަކީ ފައިސަލް ފައުންޑޭޝަންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކު ޤާއިމް ކޮއްފައިވާ ޔުނިޓެއްކަން ފާހަގަކޮއްލަން ޖެހެއެވެ.

މީގެ އިތުރުން ފައިސަލް ވަނީ ފުވައްމުލަކު ސްކޫލްގެ ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއި ބައްދަލުކޮއް، އެމީހުންނަށް ދިމާވެފައިވާ ދަތިތައް އަޮޅުންފިލުވާފައެވެ.

އަދި މި އަންނަ އަހަރު ފުވައްމުލަކު ސްކޫލްގެ ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރަކު އިތުރު ތަމްރީނާއި ތަޖުރިބާ ހޯދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ވަނީ ނިއްމާފައެވެ

banner

ކިޔުންތެރިންގެ ޚިޔާލު