31 މެއި 2020 ( އާދީއްތަ )

banner

2019 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމަށް ޏ.އޭއީސީން ބޭއްވި ބައްދަލުވުން.

ޏ.އޭއީސީގެ ދަރިވަރުންނަށް ފުރަތަމަ ފަހަރަށް ސްކޫލުން ހެނދުނުގެ ނާސްތާ ދީފި

މިއަދު ފެށުން ދިރާސީ އާއަހަރާއެކު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ފުރަތަމަ ފަހަރަށް ހެނދުނުގެ ނާސްތާ ސްކޫލުން ދިފިއެވެ. އައު ސަރުކާރުގެ ހެނދުނުގެ ނާސްތާގެ ވައުދާއެކު މިއަދު މީ މުޅި ރާއްޖެއިން އަޖުމަބެލުމުގެ ޕްރޮގްރާމުގައި ހިމެނޭ 25 ސްކޫލުގެ ތެރެއިން 24 ސްކޫލުގައި މިއަދު ހެނދުނުގެ ނާސްތާ ދީފައި ވެއެވެ. އެގޮތުން ޏ. އޭއީސީ އަކީ ފުވައްމުލައް ސިޓިން މިޕްރޮގްރާމުގައި ހިމެނޭ ހަމައެކަނި ސުކޫލެވެ.

ޏ.އޭއީސީގައި މިއަދު ހެންދުނު ނަސްތާއަށް ތައްޔާރުވެފައި

މިޕްރޮގްރާމުގައި މާލެ ފިޔަވައި ކޮންމެ އަތޮޅަކުން ހިމެނެނީ އެއް ސްކޫލެވެ.

މިއަހަރުގެ ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ވެސް ހިލޭ ހެނދުނުގެ ނާސްތާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން މިއަދު އޮތީ މުދައްރިސުންނާއި ކުދިންގެ ތައާރަފު ބައްދަލުވުމެކެވެ. މިއަދު އޮތީ ކުރު ސެޝަނެކެވެ.

ސްކޫލުތަކުގައި ކިޔެވުމުގެ ހަރަކާތްތައް ފެށިގެން ދާނީ މާދަމާއެވެ.

ޏ.އޭއީސީގައި މިއަހަރު ގްރޭޑް 7 ން 12 އަށް ކިޔަވައިދޭނެއެވެ. މިއަހަރު ޏ.އޭއީސީގައި 500 އަށް ވުރެ ގިނަ ކުދިންނާއި 60 ހެއް ހާ ޓީޗަރުން ތިބޭނެއެވެ. އެސްކޫލުގައި މިވަގުތު ޕްރިންސިޕަލެއް ނެތެވެ. ސްކޫލް ހިންގެވުމާއި ހަވާލުވެ ހުންނެވީ ޑެޕިއުޓީ ޕްރިްނސިޕަލް އީނާސް އަލީ އެވެ.

ޏ.އޭއީސީގެ ޑެޕިއުޓީ ޕްރިންސިޕަލް އީނާސް އަލީ

 

 ކިޔުންތެރިންގެ ޚިޔާލު