16 ޑިސެމްބަރ 2018 ( އާދީއްތަ )

banner

ދަޑިމަގު ފުޓްސަލް ދަނޑުގައި ކުޅެވޭ އައިބޭ ކަޕްގެ ފައިނަލް މެޗު އޮންނާނީ 5 ޑިސެމްބަރުގައި. ފޮޓޯ އައިބޭ

އައިބޭ ކަޕް U17 ކުޅުން ފޯރިއާއެކު ކުރިއަށް

މި ނޮވެމްބަރު 28 ވަނަ ދުވަހު ފެށުނު އައިބޭ ކަޕް 17 އަހަރުން ދަށް މުބާރާތުގައި 7 ޓީމަކުން ބައިވެރިވެ ފޯރިއާއެކު ދަޑިމަގު ފުޓުސަލް ދަންޑުގައި ކުޅުން ކުރިޔަށް އެބަ ދެއެވެ.

މިމުމާބާރާތުގައި ބައިވެރިވި 7 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެން މިހާތަނަށް ވަނީ ދެ ގްރޫޕުގެ މެޗުތައް ވެސް ކުޅެފައެވެ.

ގްރޫޕް އޭ

މުބާރާތުގެ ފުރަތަމަ މެޗުގައި 28 ނޮވެމްބަރު ވީ ހޮނިހިރު ދުވަހު ބައްދަލުކުރީ “އޭއި” ޓީމުއާއި “ކުރުބާ ބަނޑޮ” ޓީމެވެ. މިމެޗު 4- 11 ލަނޑުން ކާމިޔާބުކުރީ ކުރުބާ ބަނޑޮ ޓީމެވެ.

މިގުރޫޕުގެ ދެވަނަ މެޗު ހޮނިހިރު ދުވަހު މިސްކިތްމަގު އެންމެންގެ ގުޅުން (އ.ގ). އަދި ދޫނޑިގަލޯނާ ބައްދަލުކޮށް 9 – 4 ން  ކާމިޔާބު ކުރީ މިސްކިތްމަގު އ.ގ. ޓީމެވެ.

މިގުރޫޕުގެ 3 ވަނަ މެޗު، މިއަދު (30 ނޮވެމްބަރު) މިސްކިތްމަގު އ.ގ. ކާމިޔާބުކުރީ 9-4ން “އޭއި’ ޓީމު ބަލިކޮށްގެންނެވެ.

މިގުރޫޕުގެ 4 ވަނަ މެޗު މިއަދު 3-2 ން ކާމިޔާބު ކުރީ ދޫނޑިގަލޯނާ ޓީމެވެ. މި ގްރޫޕުން މިސްކިތްމަގު އގ. ދެ މޮޅާއެކު 6 ޕޮއިންޓް ހޯދައިގެން ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށް ފައެވެ. މިގްރޫޕުގައި ފޯރިގަދަވެފައި ވަނީ ކުރުބާ ބަޑޮ ޓީމާއި ދޫނޑިގަލޯނާ ޓީމުގެ މެދުގައެވެ. ކޮންމެ ޓީމަކަށް ވެސް 3 ޕޮއިންޓުން އެއްވަރުވެ، ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތުމުންނެވެ.

ގްރޫޕް ބީ

ތިން ޓީމު ހިމެނޭ މިގުރޫޕުގެ ފުރަތަމަ މެޗުގައި ނޮވެމްބަރު މަހު 29 ވަނަ ދުވަހު ދޫނޑިގަލޯނާ ޖނރ ޓީމާއި ޝާކް ހެޑް ޓީމު ބައްދަލުކޮށް 6-3 ން މޮޅުވީ ދޫޑިގަލޯނާ ޖނރ ޓީމެވެ.

މިގްރޫޕުގެ ދެވަނަ މެޗުގައި “ކައިށި މުޑޭށި” ޓީމުން މޮޅުވީ 9-7 ން  ދޫނޑިގަލޯނާ ޖނރ ބަލިކޮށްގެންނެވެ.

މާދަމަ 1 ޑިސެމްބަރުގައި ކުޅެވޭ ގްރޫޕް އޭ ގެ މެޗުގައި ބައްދަލު ކުރާނީ ދޫނޑިގަލޯނާ ޓީމާއި އޭއި ޓީމެވެ. އަދި މާދަމާގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ޝާކް ހެޑް ޓީމާއި ކައިށި މުޑޭށި ޓީމެވެ. މިމެޗުން މޮޅުވެގެން ކައިށި މުޑޭށި ޓީމަށް ސެމީފައިނަލަށް ދެވޭނެއެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ކޮންމެ ގްރޫޕަކުން ވެސް 1ވަނަ އަދި 2ވަނަ އަށް ދާ ޓީމު ހޮވޭނެ އެވެ. ސެމީ ފައިނަލް ގެ ދެމެޗު ކްރޮސް ކޮށް ކުޅޭނީ 3 ޑިސެމްބަރުގައެވެ.

banner

ކިޔުންތެރިންގެ ޚިޔާލު