A wide advertisement which will be shown on all devices. (700 x 100)

ނާއިބު ރައީސް އާއި އެޑިއުކޭޝަން މިނިސްޓަރު ފުވައްމުލަކަށް މިއަދު ވަޑައިގަންނަވަނީ

ނާއިބު ރައީސް : ފައިސަލް ނަސީމު (ވ.) އަދި އެޑިއުކޭޝަން މިނިނސްޓަރ ޑރ. އާއިޝަތު އަލީ

ނާއިބު ރައީސް ފައިސަލް ނަސީމުއާއި އާއި އެޑިއުކޭޝަން މިނިސްޓަރު މިއަދު ހަވީރު ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތު މިކަލް ނޫހަށް ލިބިއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރު މިހާރު އުޅުއްވަނީ އައްޑޫ ދަތުރުފުޅެއްގައި ކަމަށް ވެއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ މިނިސްޓަރު ކަމާއި ހަވާލުވި ފަހުން މިއީ ފުވައްމުލަކާއި އައްޑުއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

އެޑިއުކޭޝަން މިނިސްޓަރު ފުވައްމުލަކަށް ވަޑައިގެން ރަށުގެ ސްކޫލުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށް ވެއެވެ. މީގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނަށް ބީއެޗްޕީ ފްރީ ފެންފުޅި ބެހުމުގެ ރަސްމިއްޔާތު މަދަރުސަތުލްް ޝައިޚު މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ގައި އެޑިއުކޭޝަން މިނިސްޓަރާއި ޔުނިސެފް އަދި ތިމާވެއްޓާއި ބެހޭ މިނިސްޓުރީގެ ފަރާތުން ކުރިޔަށް ގެންދަވާނެ ކަމަށް ވެއެވެ.

މިދަތުރުފުޅުގެ ތެރެއިން ނާއިބު ރައީސް ފައިސަލް ނަސީމު ވެސް ފުވައްމުލަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލު ކުރެއްވުން ތާވަލު ކުރެވިފައި ވަނީ ހުކުރު ދުވަހުގެ ރޭ 7:00-9:00 ދޭތެރޭގެ ވަގުތަކަށެވެ.

ނާއިބު ރައީސާއި އެޑިއުކޭޝަން މިނިސްޓަރުގެ އިތުރުން ތިމާވެއްޓާއި ބެހޭ މިނިސްޓުރީ އާއި ޔުނިސެފް ގެ އިތުރުން ވެމްކޯގެ ވަފުދެއް މިދަތުރުގައި ބައިވެރިވާނެ ކަމަށް ވެއެވެ. މިވަފުދުގެ ފަރާތުން ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފުވައްމުލަކުގެ ކުނިމެނޭޖުކުރާ މަރުކަޒާއި ނޭޗަރ ޕާރކު ބެއްލެވުމަށް ވަފުދުގެ ބޭފުޅުން ޒިޔާރާތް ކުރާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !