28 މެއި 2020 ( ބުރާސްފަތި )

banner

ފުވައްމުލަކު ސިޓީގެ ކެންގަރޫ ކިޑްސްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ފުލުހުން ކުރިޔަށް ގެންގޮސްފި

ފުވައްމުލަކު ސިޓީގެ ކެންގަރޫ ކިޑްސް ގްރޭޑް އެކެއްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ފުލުހުން ކުރިޔަށް ގެންގޮސްފިއެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ފުވައްމުލަކުސިޓީގެ ކެންގަރޫ ކިޑްސް ސްކޫލް ގުޅިގެން މިއަދު ކުރިޔަށް ގެންދިޔަ މި ސެޝަނުގައި، ގްރޭޑް 1 ގެ ދަރިވަރުންނަށް  އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ގުޅޭގޮތުންނާއި ޓްރެފިކް ނިޝާންތަކާއި އެނިޝާންތަކުގެ ބޭނުން ތަކަކީ ކޮބައިކަމާއި ޓްރެފިކް ނިޝާންތަކަށް އަމަލުކުރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން ދަރިވަރުންނާ ގުޅޭގޮތަށް މަޢުލޫމާތު ދީފައިވާނެ ކަމަށް ފުލުހުން ހާމަކުރައްވައެވެ.

މީގެ އިތުރުން މަގުމަތީގައި އުޅޭ އިރު ހިނގާބިނގާވެ އުޅުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި މަގުމަތީގެ ރީތި އަދަބުތަކާއި މަގުމަތީގައި އެއްގަމު އުޅަނދު ދުއްވާއިރު މަގު ހުރަސްކުރާނެ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ފުވައްމުލަކު ސިޓީގެ ކެންގަރޫކިޑްސްގެ  ދަރިވަރުންނަށް ކުރިޔަށް ގެންދިޔަ މި ސެޝަނުގައި 30 ދަރިވަރަކު ބައިވެރިވެފައިވާ އިރު  ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.ކިޔުންތެރިންގެ ޚިޔާލު