A wide advertisement which will be shown on all devices. (700 x 100)

އެވިޑް ކޮލެޖްގެ މާރޗް މަހު ފެށޭ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

އެވިޑް ކޮލެޖްއިން 2016 މާރޗް މަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސް ތަކަށް ވަނުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާ ކަމަށް އެކޮލެޖް އިން ވިދާޅުވެއްޖެއެވެ.

އެވިޑް ކޮލެޖް އިން ވިދާޅުވީ 2016 މާރޗް އިންޓޭކް ގައި ފެށޭއެގްޒެކެޓިވް ކޯސްތަކުގެތެރެއިން އެންމެ ޚާއްސަ އެއްކަމަކީ ރާއްޖޭގައި މެނޭޖީރިއަލް ލެވެލް ގެ ބޭފުޅުންނަށް އަމާޒުކުރެވިގެން ފަރުމާ ކުރެވިފައިވާ ކޯހެއް ތައާރަފް ކުރުން ކަމަށެވެ. މިގޮތުން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ކޯހެއް ފެށުމަށް ހުޅުވާލެވިފައިވާ ކަމަށެވެ.

އެވިޑް ކޮލެޖް ގެ ޗެއަރމަން އަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވިގޮތުގައި ޒަމާނީ ފެންވަރަށް ޚިދުމަތް ދެމުންއަންނަ މުއައްސަސާ ތަކަށް އެންމެ ބޭނުންތެރި އެއް ވަސީލަތަކީ އިންސާނީ ވަސީލަތްކަމަށް ވާހިނދު އެކަމަށް ޤާބިލް ބޭފުޅުން ގެ ލީޑަރޝިޕް ކޮލިޓީސް އަށަގެނުވުމުގެ ނިޔަތުގައި ފަރުމާކުރެވިފައިވާ ކޯހެއް ކަމަށެވެ.

މިފަހަރުގެ މާރޗް އިންޓޭކް ގައި ހުޅުވާލެވިފައިވާ ފުރުސަތު ތަކަކީ ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއިން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ގްރެޖުއޭޓް ޑިޕްލޮމާއިން މެނޭޖްމަންޓް، މާސްޓަރ އޮފް އެޑިޔުކޭޝަން ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (ސްޓްރެޓީޖިކް މެނޭޖްމަންޓް) ކޯހެވެ.

ވަޒީފާގައި ބުރަކޮށް އުޅުއްވަމުންވެސްލުއިފަސޭހަ ގޮތްތަކަށް ކިޔެވޭނެ ފުރުޞަތު އެވިޑް ކޮލެޖުން ވަނީ ތަނަވަސް ކޮށްދެއްވާފައި އެވެ. އެވިޑް ކޮލެޖުގައި ހިންގޭ ކޮންމެ ކޯހަކީވެސް ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މާޙައުލަށް ފެތޭގޮތަށް ދަރިވަރުންނަށް ފަސޭހައިން ކިޔެވޭނެހެން ރޭވިގެން ކުރިޔަށް ގެންދާ ކޯސްތަކެއްކަންވެސް ފާހަގަކޮށްލެވެއެވެ. މިގޮތުން ދަރިވަރުންނަށް އޮންލައިން ލައިބްރަރީގެ ޚިދުމަތްވެސް އެވިޑް ކޮލެޖުގައި ޤާއިމްކޮށްފައިވެއެވެ.

މީގެ އިތުރުން އެވިޑް ކޮލެޖުގައި ހިންގޭ ހުރިހާ ކޯސްތަކަކީވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ޤަބޫލުކުރާ ކޯސްތަކެއް އަދި ހަމައެހެންމެ އެވިޑް ކޮލެޖުން ދަސްވެނިވާ ކޮންމެ ދަރިވަރަކަށް އެވިޑް ކޮލެޖުން ދެވޭ ސަނަދަކީ ރާއްޖެއިން ބޭރުގެ ކޮންމެ ކޮލެޖު، ޔުނިވާސިޓީތަކަކުންވެސް އުފަލާއެކީ ބަލައިގަންނަ ސަނަދު ތަކެއްކަން އެވިޑް ކޮލެޖް އިން ފާހަނގަ ކުރިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !