18 ޖެނުއަރީ 2020 ( ހޮނިހިރު )

ލޮޖިކް އެންތް ޓެކްނޮލޮޖީ އިންސްޓިޓިއުޓްގެ ބޫޓް ކޭމްޕްގައި މިނިސްޓަރ މަލީހު

އިންސްޓިޓިއުޓް އޮފް ލޮޖިކް އެންޑް ޓެކްނޮލޮޖީގެ ބޫޓްކޭމްޕް ޓެކްނޮލޮޖީ މިނިސްޓަރ މަލީހު ޝަރަފުވެރިކޮށް ދެއްވައިފި

އިންސްޓިޓިއުޓުް އޮފް ލޮޖިކް އެންޑް ޓެކްނޮލޮޖީ އިން ބޭއްވި ޓެކްނޮލޮޖީ ބޫޓްކޭމްޕް މިިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ އޮނަރަބުލް މުހައްމަދު މަލީހު ޖަމާލު މިއަދު ޝަރަފުވެރިކޮށް ދެއްވައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ހިންގި މި ބޫޓް ކޭޕްޕްގައި ބައިވެރިންނަށް ކޮމްޕިއުޓަރ ކޯޑިން ދަސްކޮށް ދިނުމުގެ ސެޝަންތަކެއް ކުރިޔަށް ގެންގޮސްފައި ވެއެވެ. ބޫޓްކޭމްޕް ފުރިހަމަ ކުރި ދަރިވަރުންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ.

ޓެކްނޮލޮޖީ މިނިސްޓަރ މަލީޙު ބޫޓް ކޭމްޕްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވައިދެއްވަނީ

ލޮޖިކް އެންޑް ޓެކްނޮލޮޖީ އިންސްޓިޓިއުޓުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކޮމްޕިއުޓަރ ކޯޑިން ކްލާސްތަކެއް ކުރިޔަށް ގެންދެއެވެ. މި ކްލާސްތަކުގައި ކިޔަވައިދެނީ ގްރޭޑް 1-7 ގެ ދަރިވަރުންނަށެވެ. ކޮންމެ ލެވެލެއްގެ ކްލާހެއް ވެސް 3 މަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެއެވެ.

މި ކޯސްތަކުގައި ދަރިވަރުން ތަފާތު ޓެކްނޮލޮޖީގެ ގެޖެޓްސްތައް ހަދަން ދަސްކުރުމާއި އެއެއްޗެއްސަށް ކޮމްޕިއުޓަރ ޕްރޮގްރާމް ހަދައި މައިކްރޯ ކޮންޓްރޯލަރސް އާއި ސެންސަރސް ބޭނުންކޮށްގެން އެއްޗެހި ކޮންޓްރޯލް ކުރަން ދަސްކުރެއެވެ.

މީގެ ތެރެއިން ލެވެލް 4 ގެ ކުދިން އަމިއްލައަށް މޯބައިލް އެޕްލިކޭޝަން ހަދަން ދަސްކުރުމާއި، އެޕްލިކޭޝަން ތައް ބޭނުންކޮށްގެން ގޭގައި ބޭނުންކުރާ އިލެކްޓްރިކަލް އަދި އިލެކްޓްރޯނިކް އާލާތްތައް (ރޭޑިއޯ، ޓީޓީވީ، އެއާރކޯން، ދޮންނަމެޝިން އަދި ގޭގެ ލައިޓް ފަންކާ ފަދަ އާލާތްތައް) ކޮންޓްރޯލް ކުރަން ދަސްކުރާނެއެވެ.

ލޮޖިކް އެންޑް ޓެކްނޮލޮޖީގެ ރޮބޯޓިކްސް ޚޯސްތައް

މިހާރު އެ އިންސްޓިޓިއުޓުގައި ރޮބޯޓިކްސް އާއި ކޮމްޕިއުޓަރ ކޯޑިން ކިޔަވާ ދަރިވަރުން މިފެންވަރަށް ގެނެވިފައިވާ ކަމަށް އެތަނުގެެ ވެރިޔާ އަލީ ޖަވާދު މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މީގެ އިތުރުން ލެވެލް 1، 2، 3، އަދި 4 ގެ ފެންވަރުގެ ރޮބޯޓިކްސް އާއި އޮޓޯމޭޝަން ކޯސްތައް ރާއްޖޭގެ އެމްކިއުއޭއިން އެޕްރޫވްކޮށް މިހާރު ވަނީ ކިޔަވައިދޭން ތައްޔާރުވެފައި ކަމަށް އަލީ ޖަވާދު ހާމަކުރެއްވިއެވެ.

ލޮޖިކް އެންޑް ޓެކްނޮލޮޖީ އިންސްޓިޓިއުޓުން ފުވައްމުލަކުަގައި އެމްކިއުއޭ އެޕްރޫވްޑް ރޮބޯޓިކްސް ކޯސްތައް ކުރިޔަށްގެންދޭކިޔުންތެރިންގެ ޚިޔާލު