A wide advertisement which will be shown on all devices. (700 x 100)

އެއްބަސްވުމާއި ޚިލާފަށް އަގްސާ މިސްކިތަށް ގަދަކަމުން ޔަހޫދީން ވަދެއްޖެ

އިސްރާއީލު ވަތަނީ ޔަހޫދީން ރަމަޟާން މަސް ނިމެމުންދަނިކޮށް އިއްޔެ މަސްޖިދުލް އަގްސާގެ ސަރަހައްދަށް ގަދަކަމުން ވަދެއްޖެއެވެ. މުސްލިމުންގެ މުގައްދަސް ބިމެއް ކަމަށްވާ މަސްޖިދުލް އަގްސާ ރަމަޟާންމަހަށް މުސްލިމުންނަށް ވަނީ ޚާއްސަކޮށްފައެވެ. އަދި ރަމަޟާން މަސްތެރޭ މިފަދަ ގޮތަކަށް ފާއިތުވީ 30 އަހަރުތެރޭވެސް ޔަހޫދީން އެބިމަށް އަރައިގެންފައެއް ނުވެއެވެ. އިއްޔެއަކީ އިސްރާއީލުން އެބައިމީހުން އިރުމަތީ އޫރުސަލީމު (އީސްޓް ޖެރޫސަލަމް) ހިފި ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. އެދުވަހަކީ 1967 ވަނަ އަހަރު އަރަބި އިޒުރޭލް ހަގުރާމައިގައި އިޒުރޭލުން އިރުމަތީ އޫރު ސަލީމު ހިފިދުވަހެވެ.

މުސްލިމުންގެ ތިންވަނަ މުދައްގަސް ބިން ބަލަހައްޓަމުން ގެންދާ ވަގުފު ޖަމާއަތުން ފާހަގަކުރި ގޮތުގައި އެބިމަށް ޔަހޫދީން ވެއްދުމަށްޓަކައި އިޒުރޭލުގެ ފުލުހުން ރަބަރު ވަޒަނާއި މިރުސްދުން (ޕެޕާ ސްޕްރޭ) ބޭނުންކުރިއެވެ. އަދި ހަތް މީހަކު ހައްޔަރުވެސް ކުރިއެވެ. މިކުރިމަތިލުމުގައި މުސްލިމުންގެ ތެރެއިން އެކެއްގެ ބޯ ޒަޚަމްވިއިރު އިތުރު ފަރާތްތަކަކަށްވަނީ ގޭހުގެ ސަބަބުން ފަރުވާދީފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިމައްސަލަ ދިމާވެފައިވާ އިއްޔެ ޔަހޫދީންގެ ކަނާތުފިޔައިގެ ހައްދުފަހަޅާފައިވާ ޔަހޫދީންގެ އެތައް ސަތޭކަ ބަޔަކު ގޭޓުކުރިމަޗަށް ގޮސް ގޭޓު ހުޅުވުމަށް އެދެން ފެށުމުން ގޭޓު ހުޅުވައިދިނުމަށް ސެކިއުރިޓީ ބަލަހައްޓާ ފުލުހުން ނިންމުމާއި ގުޅިގެންނެވެ. މިހަމަނުޖެހުމުގައި އޫރު ސަލީމުގެ މުސްކުޅި އަވަށުގެ މުސްލިމުންގެ ފިހާރަތައް ބަންދުވެސް ކުރުވިއެވެ. އަދި މިމައްސަލަ ހޫނުވެ މިހާރުވަނީ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައެވެ. ސެކިއރިޓީ ވަރުގަދަކޮށްފައި މިވަނީ އިރުމަތީ އޫރު ސަލީމުގައި ޅަޒުވާނަކު (ޓީނޭޖާ) ފުލުހުން ބަޑިޖެހުމުގެ ސަބަބުން ޝަހީދުވުމުންނެވެ.

އަލްއަގްސާ މިސްކިތް ބެލެހެއްޓުމާއި ހަވާލުވެފައިވާ އުމަރު އަލްކިސްވާނީ ތުހުމަތުކުރާ ގޮތުގައި އިޒުރޭލުން ރަމަޟާންމަހު ފަހު ދުވަސްކޮޅު އަގްސާ މިސްކިތުގެ ސަރަހައްދަށް ނުވަންނާނެކަމަށް ވެފައިވާ އެއްބަސްވުމާއި މިހާރު މިވަނީ ޚިލާފުވެފައެވެ.

އަގްސާ މިސްކިތާއި އެމިސްކިތް ހިމެނޭ 35 އޭކަރުގެ ބިމަކީ މުސްލިމުންގެ މުގައްދަސް ބިމެއްގެ ގޮތުގައި ބަލަމުން އަންނަ ސަރަހައްދެވެ. މިސަރަހައްދު ރަމަޟާން މަހުގެ ފަހު ދިހައަށް މުސްލިމުންނަށް ޚާއްސަކޮށްފައިވަނީ ރަމަޟާންމަހުގެ ފަހު ދިހާގައި މިސަރަހައްދަށް އަޅުކަމަށް އަންނަ މުސްލިމުންގެ ގިނަކަމުންނެވެ.

 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !